Advertisement

މާފުށީގެ ބިލްޑިންގު ކޯޑެއް ހަދަން އުޅުމުން މިނިސްޓަރު ވިދާޅުވީ ވަކިވަކި ރަށްރަށަށް އެކަން ނުކުރެވޭނެ ކަމަށް

4 ޖަނަވަރީ 2024 - 19:05 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މާފުށީގައި އަޅާ އުސް އިމާރާތެއް: ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ ބިލްޑިން ކޯޑު ހެދުމުގެ ބާރު ކައުންސިލަށް ނެތް ކަމަށް -- ފޮޓޯ: އަދަދު ފައިލް


މާފުށީގެ ބިލްޑިންގު ކޯޑެއް ހަދަން އުޅުމުން މިނިސްޓަރު ވިދާޅުވީ ވަކިވަކި ރަށްރަށަށް އެކަން ނުކުރެވޭނެ ކަމަށް

4 ޖަނަވަރީ 2024 - 19:05 0

އިމާރާތްކުރުމުގެ އަމިއްލަ އުސޫލުތައް ހެދުމުގެ ބާރު ކައުންސިލުތަކަށް ނޯންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ކ. މާފުށީ ކައުންސިލުން އެރަށުގެ ބިލްޑިން ކޯޑު ތައްޔާރުކޮށް އެކުލަވާލާދޭނެ ފަރާތެއް ހޯދުމަށް އެދި މިއަދު ގެޒެޓުކުރި އިއުލާނަށްފަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ކޮންސްޓްރަކްޝަން ގާނޫނުގައި ބުނެފައިވާ ގޮތަށް މިނިސްޓްރީން ވާނީ ބިލްޑިން ކޯޑު ޝާއިއުކޮށްފަ. ވަކިވަކި ކައުންސިލްތަކުން ބިލްޑިން ކޯޑު ހެދުމުގެ ބާރެއް ނޯވޭ. ކައުންސިލްތަކުގެ އެއްވެސް ކަންބޮޑުވުމެއް އުޅޭ ނަމަ އެކަން ހައްލު ކުރަން މިނިސްޓްރީން ކައުންސިލްތަކާއެކު މަސައްކަތް ކުރާނެ،" މުއްތަލިބު ވިދާޅުވި އެވެ.

މާފުށި ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެރަށުގައި އިމާރާތްކުރުމުގެ އަމިއްލަ އުސޫލެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލާފަ އެވެ.

އެކައުންސިލުން އެގޮތަށް އިއުލާނުކުރި އިރު ރާއްޖޭގައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އިމާރާތްތަކުގައި ހުންނަންވީ މިންގަނޑުތައް ބަޔާންކުރާ ބިލްޑިން ކޯޑެއް ވަނީ އެކުލަވާލައިފަ އެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމާރާތްކުރުމުގެ ގާނޫނު (ނަންބަރު 4/27) ގައި ލާޒިމުކޮށްފައިވާ ގޮތުގެމަތިން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އިމާރާތްކުރުމުގެ ކޯޑް ޝާއިއުކޮށްފައި ކަމަށެވެ.

ކިވަކި ކައުންސިލްތަކަށް އަމިއްލަ އިމާރާތްކުރުމުގެ އުސޫލުތައް އުފެއްދުމުގެ ބާރެއް ނެތް ކަމަށާއި ކައުންސިލްތަކުގެ ކަންބޮޑުވުން ހުރިނަމަ އެކަން ހައްލުކުރުމަށް ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.