Advertisement

ޑްރަގް ޓްރެފިކިން ހުއްޓުވަން ހުޅުމާލޭ ފަޅު 24 ގަޑިއިރު ޕެޓްރޯލް ކުރަނީ

4 ޖަނަވަރީ 2024 - 11:39 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލޭ ނޯތު ހާބަރުގައި ބޯޓުތަކެއް އަޅާފައި؛ ފުލުހުން ބުނީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށް އޮޑިދޯނިފަހަރު ފާސްކުރުން އިތުރަށް ފުޅާކުރަން ނިންމާފައިވާކަމަށް -- ފޮޓޯ: އަދަދު


ޑްރަގް ޓްރެފިކިން ހުއްޓުވަން ހުޅުމާލޭ ފަޅު 24 ގަޑިއިރު ޕެޓްރޯލް ކުރަނީ

4 ޖަނަވަރީ 2024 - 11:39 0

މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށް މާލެއަށް ލަފާ ފުރާ އޮޑިދޯނި ފަހަރު ފާސްކުރުން ހަރުދަނާކޮށް، ހުޅުމާލޭ ފަޅު 24 ގަޑިއިރު ޕެޓްރޯލް ކުރަން ފުލުހުން ނިންމައިފި އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމީ ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ 24 ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމަށް ނިންމި އެވެ.

މާލޭގެ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމަށް ވެސް އެ ބައްދަލުވުމުގައި ނިންމި އެވެ. އެގޮތުން މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލްތަކާއި ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ވެސް ނިންމާފައިވެ އެވެ.

އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކަށް އަމަލު ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ފުލުހުން ބުނެ އެވެ.