Advertisement

ކާށި ބަސްތާއެއް ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ބަންދުކޮށްފި

4 ޖަނަވަރީ 2024 - 11:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރާއްޖޭގެ ރަށެއްގައި ހުރި ކާށި ފުންޏެއް: -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކާށި ބަސްތާއެއް ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ބަންދުކޮށްފި

4 ޖަނަވަރީ 2024 - 11:09 0

ކާށި ބަސްތާއެއް ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ދެ އަމުރެއްގައިވާ ގޮތުން، މި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 33 އަހަރުގެ ދެ ފިރިހެނުންނެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން އެ ދެ މީހުން ކާށި ބަސްތާއެއް ހިފައިގެން ދަނިކޮށް ފުލުހުން އެ މީހުން ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. ފުލުހުން އެ ދެ މީހުން ހުއްޓުވީ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ފުލުހުން ސުވާލު ކުރުމުން އެ ދެ މީހުން ބުނެފައިވަނީ އެއީ އެ މީހުން ސައިކަލު ޕާކު ކުރި ސަރަހައްދު ކައިރީގައި ބަހައްޓާފައި ހުރި ކާށި ބަސްތާއެއް ކަމަށެވެ.

އެ ދެ މީހުނަކީ ވެސް ކުށުގެ ރެކޯޑު އޮތް ދެ މީހުނެވެ. އޭގެ ތެރޭގައި ވައްކަމުގެ ރެކޯޑު ވެސް ހިމެނެ އެވެ.

އެއިން އެކަކު ވަނީ މީގެ ކުރިން 15 ފަހަރު ހައްޔަރުކޮށް އަދި ހަ ފަހަރު ބަންދުކޮށްފަ އެވެ. ދެން ހުރި މީހާ ވެސް ނުވަ ފަހަރު ހައްޔަރުކޮށް ހަތަރު ފަހަރު ބަންދުކޮށްފައިވެ އެވެ.