Advertisement

އެޑިއުކޭޝަންގެ ޕީއެސް ސަސްޕެންޑުކޮށްފި

4 ޖަނަވަރީ 2024 - 10:47 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ


އެޑިއުކޭޝަންގެ ޕީއެސް ސަސްޕެންޑުކޮށްފި

4 ޖަނަވަރީ 2024 - 10:47 0

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހުމަދު އަލީއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އޭނާ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް މިއަދު "އަދަދު"އަށް ވިދާޅުވީ އަހުމަދު އަލީ ސަސްޕެންޑުކުރީ އިއްޔެ އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

"ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކެއް ބަލަން ޖެހިގެން، ތަހުގީގުކުރާ މަރުހަލާގައި ސަސްޕެންޑުކުރެވިފައިހުރީ. މައްސަލަ ބަލާ މަރުހަލާގައި އަޅުގަނޑުމެންގެ ގަވައިދުގައި އޮންނަނީ ތަހުގީގަށް ހުރަސް އެޅޭ ފަދަ ކަމެއް ކުރިމަތިވެދާނެތީ ސަސްޕެންޑުކުރެވޭ ގޮތަށް،" ނާސިހް ވިދާޅުވި އެވެ.

ނާސިހް ވިދާޅުވީ އަހުމަދު އަލީ އާއި ގުޅިގެން ހުށަހަޅާފައި ހުރި ޝަކުވާތައް ތަހުގީގުކުރުމަށް ފަހު ކަމެއް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ނޫން ނަމަ ތަހުގީގު ނިމުމުން 30 ދުވަހުގެ މުއްދަތުގެ ކުރިން ވެސް އަލުން ވަޒީފާއަށް ނިކުމެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އަހުމަދު އަލީގެ ޝަކުވާތަކެއް ސީއެސްސީއަށް ހުށަހަޅާފައި ވާއިރު، އެއީ ކޮން ކަހަލަ ޝަކުވާއެއް ކަމެއް ނާސިހު ވިދާޅެއް ނުވެ އެވެ.

ކުރިން ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި އަހުމަދު އަލީ އެޑިއުކޭޝަންގެ ޕީއެސްއަކަށް އައްޔަން ކުރީ ޖޫން 13، 2019 ގަ އެވެ. ޕީއެސްގެ މަގާމަކީ ފަސް އަހަރެކެވެ. އެހެންވެ، އަހުމަދު އަލީގެ މަގާމުގެ ދައުރު ހަމަވުމަށް ދެން ބާކީ އޮތީ ފަސް މަސް ދުވަހެވެ.