Advertisement

މިނިސްޓަރު ވިދާޅުވި ގޮތުން، އިތުރު ހަރަކާތްްތައް މަދުކުރީ ޓީޗަރުންގެ ދުޅަހެޔޮކަމަށް ޓަކައި

19 މާރިޗު 2024 - 12:20 0

ނިމާ ހަސަން

ނިމާ ހަސަން

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު; އިތުރު ހަރަކާތްްތައް މަދުކުރީ ޓީޗަރުންގެ ދުޅަހެޔޮކަމަށްޓަކައި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް


މިނިސްޓަރު ވިދާޅުވި ގޮތުން، އިތުރު ހަރަކާތްްތައް މަދުކުރީ ޓީޗަރުންގެ ދުޅަހެޔޮކަމަށް ޓަކައި

19 މާރިޗު 2024 - 12:20 0

ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މަދުކުރީ ޓީޗަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވަލަކަށް ޖަވާބުދެއްވަމުން ޝަފީއު ވިދާޅުވީ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކަސްރަތާއި ދަރިވަރުންގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިން ރާވާފައި އޮތީ މާ ހަރުދަނާ ނިޒާމެއްގެ ދަށުން ނޫން ކަމަށާއި މިނިސްޓްރީން 140 އަށްވުރެ ގިނަ މުބަރާތްތައްް ބާއްވަމުން ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ކުޅިވަރު ކުޅެން ޖެހޭނެ, ކަސްރަތު ކުރަންޖެހޭނެ, ކޮމްޕެޓިޝަންތައް ބާއްވަން ޖެހޭނެ, އެހެން ނަމަވެސް އެއީ ޓީޗަރަކަށް ހުކުރެއް ހޮނިހިރެއް, ރޭގަނޑެއް ދުވަލެއް ނެތް ގޮތަކަށް ނޫން އެކަން އޮންނަން ވާނީކީ އެއް," މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުންނަކީ ވެސް ވަޒީފާގެ ހައްގުތަކެއް އޮންނަ, އާއިލާއެއް ބަލަހައްޓަން ޖެހޭ, އަދި ސައިކޮލޮޖިކަލީ ވަރަށް ޑިމާންޑިން ވަޒީފާއެއް އަދާކުރާ ބައެކެވެ. އެހެންކަމުން އެކަޑަމިކް ކަލަންޑަރަށް ބަދަލު ނުގެނައި ނަމަވެސް, މުބާރާތްތައް އެއްކޮށްލައިގެން ނުވަތަ އިންތިޒާމުކޮށްލައިގެން ވިޔަސް ޓީޗަރުންގެ ދުޅަހެޔޮކަން ކަށަވަރު ކުރައްވާނެ ކަމަށް އޭނާ ވދިާޅުވި އެވެ.

"އެކެޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކު ވެސް ދަރިވަރުންނަށް ދޭންޖެހޭ ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާއެކުގައި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވެސް ނަގަންޖެހޭ ފިޔަވަޅުތައް ނަގާނަން," ޝަފީއު ވިދާޅުވި އެވެ.

ޓީޗަރުންގެ ކަންތައްތަކަކީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި އިތުރު ހަރަކާތްތައް މަދުކުރުމަކީ ދަރިވަރުންގެ ހުނަރުތަކާއި ކަސްރަތު އަދި އެކި ސްކިލްތައް ނައްތާލަން ކުރާ ކަމެއް ނޫނެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ކުއްލިއަކަށް ގެނައި ބަދަލެއް ނޫން ކަމަށާއި ފަސް ސެމިސްޓަރަކަށް ބަހާލައިގެން ދިރާސީ އަހަރަށް ބަދަލުގެނައީ ކެމްބްރިޖުގައި ކޮންމެ މާއްދާއެއް ކިޔަވަން ޖެހޭ ކަމަށް ބުނާ ވަގުތު ލިބޭނެހެން ކަމަށެވެ.

"ކެމްބްރިޖުގައި މި އޮންނަނީ މާއްދާއެއް ކިޔެވުމަށް ވަކި ވަރެއްގެ ގައިޑެޑް ލާނިން އަވާސްތަކެއް ހިމަނާފައި. އެހެންމަ މި ބަދަލު ގެނައުމުގައި ވަރަށް ބޮޑަށް އިސްކަން ދިނިން ކެމްބްރިޖުގެ އެލޮކޭޓްކޮށްފައި ހުރި ގައިޑެޑް ލާނިން އަވާސްތައް ވައިލޭޓް ނުކުރެވޭތޯ" އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ދިރާސީ އަހަރަށް ބަދަލު ގެނައީ އެ ބަދަލު ގެންނަން ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންގެ ތެރެއިން ވެސް ގިނަ ބަޔަކު ނުރުހި ތިބިކަން ދިރާސާއިން އެނގިފައި ވަނިކޮށް ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.