Advertisement

ހުލާސާކޮށް އިއްޔެ: ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން ފަސްކުރުން

4 ޖަނަވަރީ 2024 - 06:13 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ދިވެހި ފުލުހުން - ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން ފަސްކުރުން

4 ޖަނަވަރީ 2024 - 06:13 0

މި ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ނިންމުން ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ތަންފީޒު ކުރުން ފަސްކުރިކަން އެ ދެ އިދާރާއަށް އިއްޔެ އެންގި އެވެ.

އާ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށޭނީ މާޗު މަހުން ފެށިގެން ކަން ވަނީ އަންގައިފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ މުސާރަ ބޮޑުކުރަން ފަސްކުރަން ސަރުކާރުން ނިންމީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ކަމަށެވެ. މިވަގުތު މާލީ ހާލަތު ހުރި ގޮތުން އާ ޕޭ ފްރޭމްވޯކަށް އަމަލު ކުރަން ގޮންޖެހުންތަކެއް ހުރުމާ އެކު މުސާރަ ބޮޑުކުރަން ފަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޗު މަހާ ހަމައަށް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނުވެއްޖެނަމަ މިހާރު ނިންމާފައިވާ ގޮތަށް ފުލުހުންނާއި ސިފައިންގެ މުސާރަ މާޗު 1 އިން ފެށިގެން ވެސް ބޮޑު ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިއަހަރަށް ލަފާކޮށް ސޯލިހު ސަރުކާރުގައި ފޮނުވި ބަޖެޓުގައި މުސާރަ ބޮޑުކުރަން ވެސް އޮތީ ހިމަނައިފަ އެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން ރައީސް މުއިއްޒު ވިސްނަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެ ވަނަ އަހަރު 25 ޕަސެންޓު، އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު މުސާރަ ބޮޑުކުރާ ގޮތަށެވެ.

ނަމަވެސް, ރާއްޖޭގެ އިގްތިސާދީ ހާލަތުން އެވައުދު ނުފެއްދޭ ހާލަތެއް އައިސްދާނެ ކަމަށް ބެލެވޭ ނަމަ އެ ވައުދަށް ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށް އެމަނިކުފާނު ކެމްޕޭން ތެރޭގައި ވިދާޅުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު