Advertisement

މެސީ ރިޓަޔާކުރުމުން އާޖެންޓީނާ އިން 10 ނަމްބަރު ޖޯޒީ ބޭނުންނުކުރާނެ

2 ޖަނަވަރީ 2024 - 08:34 1


މެސީ ރިޓަޔާކުރުމުން އާޖެންޓީނާ އިން 10 ނަމްބަރު ޖޯޒީ ބޭނުންނުކުރާނެ

2 ޖަނަވަރީ 2024 - 08:34 1

ބީނޯޒް އެރީޒް، އާޖެންޓީނާ (ޖެނުއަރީ 2) - އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އާޖެންޓީނާއިން 10 ނަމްބަރު ޖޯޒީ ބޭނުން ނުކުރާނެ ކަމަށް އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ރައީސް ކްލައުޑިއޯ ފަބިއަން ޓަޕިއާ ވިދާޅުވެއްޖެ އެވެ.

އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނޭއިރު, އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް މަރަޑޯނާ ވެސް ބޭނުން ކުރީ 10 ނަމްބަރު ޖޯޒީ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޓަޕިއާ ވިދާޅުވީ އާޖެންޓީނާގެ 10 ނަމްބަރު ޖޯޒީ އަކީ އެތަށް ގޮތަކުން އެ ގައުމުގެ ފުޓުބޯޅަ ޓީމަށް މުހިންމު ޖޯޒީއެއް ކަމަށެވެ. އަދި އެ ޖޯޒީ މެސީ ބޭނުން ކުރުމަށްފަހު ރިޓަޔާ ކުރަން ފުޓުބޯޅަ ފެޑަރޭޝަނުން ނިންމާފައިވާ ކަމަށް ޓަޕިއާ ވިދާޅުވި އެވެ.

"މެސީގެ ޖޯޒީ އަކީ ލެޖަންޑަރީ ޖޯޒީ އެއް އަހަރެން ބޭނުންވަނީ މި ޖޯޒީ ދެން އާޖެންޓީނާ ކުޅުންތެރިޔަކު ލިޔަސް މެސީގެ ފެންވަރު ހުންނަން. އެހެންވެ މި ޖޯޒީ މެސީ އަށް ފަހު ދެން ބޭނުން ނުކުރާނެ،" ޓަޕިއާ ވިދާޅުވި އެވެ.

އާޖެންޓީނާ އަށް ތިން ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ހޯދައިދޭން އެންމެ އިސް ރޯލެއް ކުޅުނު މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ އާދަޔާހިލާފު ތަފާތު ކުޅުންތެރިޔެކެވެ. މެސީ ވަނީ އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ މެސީ ވަނީ މަޝްހޫރު ބެލޮންޑޯ އެވޯޑް އަށް ފަހަރު ހޯދައިފަ އެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާ އެވެ. މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި އެވޯޑް ހޯދުނީ ފަސް ފަހަރެވެ.