Advertisement

ހާލަންޑްގެ ކިބައިގައި މެސީ އާއި ރޮނާލްޑޯއާ އެއްގޮތް ކަމެއް އެބަހުރި: ރޮޑްރީ

2 ޖަނަވަރީ 2024 - 09:15 0


ހާލަންޑްގެ ކިބައިގައި މެސީ އާއި ރޮނާލްޑޯއާ އެއްގޮތް ކަމެއް އެބަހުރި: ރޮޑްރީ

2 ޖަނަވަރީ 2024 - 09:15 0

މެންޗެސްޓާ (ޖެނުއަރީ 2) - ލެޖެންޑަރީ ދެ ތަރިން، ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ފަރާތުން ފެންނަ ކަމެއް، މެންޗެސްޓާ ސިޓީގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑްގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީ ބުނެފި އެވެ.

ސިޓީ އަށް ބަދަލުވުމަށް ފަހު، ހާލަންޑް މިދިޔަ ސީޒަނުގައި ގިނަ ރެކޯޑްތަކެއް ހަދައި، ސިޓީން މިދިޔަ ސީޒަނުގައި ހޯދި ފަސް ތަށީގައި ވެސް މުހިންމު ރޯލެއް އަދާކުރި އެވެ.

ނޯވޭ އަށް އުފަން ހާލަންޑްގެ އުމުރުން އަދި އެންމެ 23 އަހަރެވެ. ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި ކުރިއަށް އޮތް 15 ވަރަކަށް އަހަރު ފުޓްބޯޅަ ޑޮމިނޭޓްކުރާނެ ކުޅުންތެރިންގެ ތެރޭގައި ހާލަންޑް ހިމެނެ އެވެ.

ސިޓީގެ މިޑްފީލްޑަރު، ރޮޑްރީ ބުނީ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސިޓީ އަށް ބަދަލުވުމަށް ފަހު، އެ ޓީމުގެ ކަންކަން ދެނެގަނެ، ހުރިހާ ކަމަކަށް ހޭނިގެން މޮޅަށް ކުޅެން ހާލަންޑަށް އުނދަގޫ ކަމަކަށް ނުވި ކަމަށެވެ.

"އޭނަ (ހާލަންޑް) އަބަދުވެސް ބޭނުންވަނީ އަމިއްލަ އަށް ކަންކަން ރަނގަޅު ކުރަން، ޓީމު މޮޅުކޮށްދޭން، އަމިއްލަ އަށް މޮޅުވާން. އެ ހުރިހާ ކަމެއް ވެސް ވަރަށް ފޯކަސްކޮށް ކުރަނީ. މި ކަންކަމަކީ، އަހަންނަށް މީގެ ކުރިން ރޮނާލްޑޯ އާއި މެސީގެ ފަރާތުން ފެނުނު ކަންކަން، ހާލަންޑްގެ ވެސް އެ ވިސްނުން އެބަހުރި،" ރޮޑްރީ ބުންޏެވެ.

ހާލަންޑަށް މި ވަގުތު ކުރިމަތިވަމުން އަންނަ އަނިޔާގެ މައްސަލަތަކުން ރަނގަޅުވެ، އެއްކޮށް ފިޓްވެގެން އައުމާ އެކު، ސިޓީ އަށް އޭގެ ފައިދާ ބޮޑުވާނެ ކަމަށް ރޮޑްރީ ގަބޫލުކުރެ އެވެ.

ފީފާ ބެސްޓް އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ހާލަންޑާއި މެސީގެ އިތުރުން ކީލިއަން އެމްބާޕޭ އެވެ. ބެސްޓް އެވޯޑްސް ހަފްލާ އޮތީ މި މަހު 15 ވަނަ ދުވަހު، ލަންޑަންގަ އެވެ.