ތަރުޖަމާނުގެ މަގާމުން ވަކި ކުރުމަށްފަހު ޝަހީބު ފޮރިން މިނިސްޓްރީއަށް

31 ޑިސެންބަރު 2023 - 19:17 2

އަހުމަދު އާއިދު

އ

މުހައްމަދު ޝަހީބު : ތަރުޖަމާނުކަމުން ވަކިކޮށް ޝަހީބު ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް - ފޮޓޯ: ރައީސް އޮފީސް


ތަރުޖަމާނުގެ މަގާމުން ވަކި ކުރުމަށްފަހު ޝަހީބު ފޮރިން މިނިސްޓްރީއަށް

31 ޑިސެންބަރު 2023 - 19:17 2

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ދީފި އެވެ.

ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށް، އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މައުލޫމާތު ހުންނަ ޕޭޖުގައި ވެސް މިހާރު ބުނެފައި ވަނީ ޝަހީބަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.

މީގެ 18 ދުވަސް ކުރިން ޑިސެމްބަރު 13، ގައި ތަރުޖަމާނުގެ މަގާމަށް އައްޔަނު ކުރި ޝަހީބު މަގާމުން ވަކި ކުރި ސަބަބެއް ނޭނގެ އެވެ. ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޝަހީބު، ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ގޮތާމެދު ވެސް ބައެއް ނޫސްވެރިން ފާޑުކިޔެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫސްތަކާއި ޓީވީ ޗެނަލްތައް ޖޫރިމަނާ ކުރި މައްސަލައިގައި ވެސް އެއިރު ޝަހީބަށް ފާޑުކިޔުން އަމާޒުވި އެވެ.

މީގެ ފަސް އަހަރު ކުރިން 2019 ގައި ކޮމިޝަނުގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮއްވަ އެވެ.

62.50%

12.50%

12.50%

12.50%

މި ލިޔުން ކިޔާލުމުން


ޝަހީބު އައުޓް

about 1 year ago

މިގައުމުގައި ތައިލީމީ ގާބިލު އިންޓެގްރިޓީ ހުރި އެތައް ބަޔަކު ތިއްބާ ޖިންސީ އަނިޔާއާ އެތައް ގޯހެއް ހަދާފަ ތިބި މީހުންގެ ކިބައިން މުއިއްޒުވެސް ސަލާމަތް ނުވެގެން އުޅޭތަން މިފެންނަނީ. މި އަޅެ ބަލަދު އެރިޔަސް ބޮޑުވަރޭ ކަލޭނޭ!

ހަކީމުދީދީ

about 1 year ago

މި 13 އާއި މި ސަރުކާރާ އޮތީ ކޮން ގުޅުމެއްބާ؟ 13 ދުވަސް ކުރިން 13 ޑިސެމްބަރ ގައި. އަދި އިހަށްރޭ 13 މެންބަރުން އެއްބުޅީގައި ބޭނުން. މިއީ ކޮން ފަނޑިތައެއްތޯ؟