Advertisement

ފާހިޝް އަމަލުތައް ހިންގާ ސްޕާތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު ޝުޖާއު ވިދާޅުވެއްޖެ

31 ޑިސެންބަރު 2023 - 15:06 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ ނިއުސް ބްރީފިންގައި ކޮމިޝަނަރު ޝުޖާއު ވާހަކަ ދައްކަވަނީ. އެއްވެސް ނޫސްވެރިޔަކަށް ސުވާލު ކުރުމުގެ ފުރުސަތު މިއަދު ދީފައި ނުވޭ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ފާހިޝް އަމަލުތައް ހިންގާ ސްޕާތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު ޝުޖާއު ވިދާޅުވެއްޖެ

31 ޑިސެންބަރު 2023 - 15:06 2

މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި ފާހިޝް އަމަލު ހިންގާ ތަންތަން ހުއްޓުވައި ވިޔަފާރި ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ދާދިފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރި އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝުޖާއު ވަނީ މިއަދު ފުލުހުންގެ ސީނިއާ ލީޑާޝިޕާއި ކޮމިޝަންޑު އޮފިސަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި, ނޫސްވެރިންނަށް ސުވާލު ނުކުރެވޭ ގޮތަށް ނިއުސް ބްރީފިންއެއް ވެސް ބޭއްވި އެވެ.

އެ ބްރީފިންގައި މައިގަނޑު ގޮތެއްގައި ޝުޖާއު ފާހަގަކުރެއްވީ ގާނޫނުން ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރައްވާނެ ކަމަށެވެ. އެ ވާހަކަތަކުގެ ތެރެއިން ސްޕާތައް ބަންދުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ގްރޭޓާ މާލޭގައި ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް މިހާރު ވެސް މަސައްކަތްތަކެއް ވަނީ ފެށިފައި. އެފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި އޭގެ ނަފާ ލިބޭ މީހުން ބަލާ ފިޔަވަޅު އަޅާތަން ފެނިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަން ކުރެވިގެންދާނެ," ކޮމިޝަނަރު ވިދާޅުވި އެވެ.

މާލޭގައި އެކި ސްޕާތަކުގެ ނަމުގައި ފާހިޝް އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ. އެފަދަ ތަންތަނާ ދެކޮޅަށް ފުލުހުން މަދުމަދުން އޮޕަރޭޝަންތައް ހިންގި ނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް މިހާތަނަށް ނެރެވިފައި ނުވެ އެވެ.