Advertisement

ސައިބާޓްރަކްގެ ފުރަތަމަ އެކްސިޑެންޓް، ޖެހުނު ކާރަށް ބޮޑު ގެއްލުމެއް

30 ޑިސެންބަރު 2023 - 15:12 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

އެކްސިޑެންޓްވެފައިވާ ކާރު. ފޮޓޯ: ރެޑިޓް


ސައިބާޓްރަކްގެ ފުރަތަމަ އެކްސިޑެންޓް، ޖެހުނު ކާރަށް ބޮޑު ގެއްލުމެއް

30 ޑިސެންބަރު 2023 - 15:12 0

ދާދިފަހުން ނެރުނު ޓެސްލާގެ ސައިބާޓްރަކަކާއި އެހެން ކާރަކާއި ޖެހި ހިނގި އެކްސިޑެންޓެއް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ، ޕޭޖް މިލް ރޯޑްގަ އެވެ. ކެލިފޯނިއާ ހައިވޭ ޕެޓްރޯލް (ސީއެޗްޕީ) އިން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައިވަނީ އެ ގައުމުގެ ގަޑިން މެނދުރު ދޭއް ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ދެން ހިމެނޭ ކާރަކީ 2009 ޓޮޔޯޓާ ކްރޯލާ އެކެވެ. އެކްސިޑެންޓް ހިނގި ވަގުތު ސައިބާޓްރަކްގައި ތިން މީހުން ތިބި ކަށާއި، ކްރޯލާ ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް ކަމަށް އެ ސީއެޗްޕީއިން ބުނެ އެވެ.

އެކްސިޑެންޓްވި ޓޮޔޯޓާ ކްރޮލާ. ފޮޓޯ: ރެޑިޓް


ރެޑިޓް ޔޫޒަރެއް އެ ސައިޓްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ މި އެކްސިޑެންޓްގެ ދެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ މަގުގެ އެއްފަރާތުގައި ހުރަހަށް އޮތް ކާރެއްގެ ކުރިމަތި ވަރަށް ބޮޑަށް ހަލާކުވެފައި ތަނެވެ. އަދި މަގުގެ އަނެއްފަޅީގައި ދޮރުހުޅުވިފައި އޮތް ސައިބާޓްރަކެއް ފެނެ އެވެ.

އެކްސިޑެންޓްވި ސައިބާޓްރަކް. ފޮޓޯ: ރެޑިޓް


އެކްސިޑެންޓްގައި ސައިބާޓްރަކް ދުއްވަން އިން ފަރާތައް ވަނީ ކުޑަކޮށް ހާނިކަވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަށް އަނިޔާ އެއް ލިބިފައެއް ނުވެ އެވެ.

ސީއެޗްޕީއިން ބުނެފައިވަނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކްރޮލޯ ދުއްވަން އިން މީހާ ކުއްލިއަކަށް މަގުން ބޭރުވާން ފެށުމުގެ ސަބަބުން، އަލުން މަގަށް އެރުމަށް މަސައްކަތްކުރި ވަގުތު، އަނެއް ލޭނަށް އެރުމުން، އެ ލޭނުން ކުރިމަތިން އައި ސައިބާޓްރަކްގައި ޖެހުމުން ކަމަށެވެ.

ސައިބާޓްރަކް ނެރުމާއެކު، ކާރުގެ ބޮޑުކަމާއި ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން، އެކްސިޑެންޓްތަކުގައި ތަކެއްޗާއި މީހުންނަށް ވާނެ ގެއްލުމާ މެދު ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިލޮން މަސްކްގެ މި "ބުލެޓް ޕްރޫފް" ކާރު ހަދާފައިވަނީ ވަށައިގެން ސްޓެއިންލެސް ސްޓީލް އެލޮއި އިންނެވެ.