29 ޑިސެންބަރު 2023 - 06:32 0
ރަތް ކަނޑުން ހޫތީން ހައިޖެކް ކުރި ކާގޯ ބޯޓު، ގެލެކްސީ ލީޑާ މަތިން ހޫތީން ހެލްކޮޕްޓަރެއްގައި އުދުހެނީ. -- ފޮޓޯ: ރޮއިޓާސް
29 ޑިސެންބަރު 2023 - 06:32 0
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ފައިސާ ފޯރުކޮށްދޭ ނެޓްވޯކަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
މި ނެޓްވޯކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅީ ހޫތީންނަށް ފައިސާ ފޮނުވުން ހުއްޓުވުމަށެވެ.
އެމެރިކާއިން މި ފިޔަވަޅު އެޅީ މިހާރު ކުރިއަށްދާ އިޒްރޭލް-ހަމާސް ހަނގުރާމަ ފެށި ފަހުން، ހޫތީން ރަތް ކަނޑުން ދަތުރުކުރާ ބޯޓު ފަހަރަށް ހަމަލާ ދީ ބައެއް ބޯޓުތައް ހިސޯރުކޮށްފައި ވަނިކޮށެވެ.
އެ ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މުހިންމު އެ މަގުން ދަތުރުކުރާ އުޅަނދުފަހަރު ހިމާޔަތްކުރުމަށް އިއްތިހާދެއް އެކުލަވާލައިފަ އެވެ. އެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ ދަތިކުރުމުގެ ފިޔަވަޅު އެޅީ ޔަމަނުގެ ސަނާގެ ކަރަންސީ އެކްސްޗޭންޖާސް އެސޯސިއޭޝަންގެ ވެރިޔާގެ އިތުރުން ހޫތީންނަށް އީރާނުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޔަމަނާއި ތުރުކީގެ ތިން މަނީ އެކްސްޗޭންކާ ދެކޮޅަށެވެ.
މި މަނީ އެކްސްޗޭންޖުތައް މެދުވެރިކޮށް ހޫތީންނަށް އެތައް މިލިއަން ޑޮލަރެއް ފޮނުވަނީ އިރާނުގެ އަސްކަރިއްޔާގެ ގޮތްޕެއް ކަމުގައިވާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕް (އައިއާރުޖީސީ)އާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ ސާއިދު އަލް ޖަމާލްގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ. އައިއާރުޖީސީއަކީ ޓެރަރިސްޓު ޖަމާއަތެއްކަމުގައި އެމެރިކާއިން ކަނޑައަޅާފައިވެ އެވެ.
Comment