Advertisement

ޝިޕިން ކުންފުނީގެ އެމްޑީއަކަށް އަހުމަދު ޝަރީފް

27 ޑިސެންބަރު 2023 - 19:11 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އަހުމަދު ޝަރީފު


ޝިޕިން ކުންފުނީގެ އެމްޑީއަކަށް އަހުމަދު ޝަރީފް

27 ޑިސެންބަރު 2023 - 19:11 0

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފު އައްޔަން ކޮށްފި އެވެ.

އަހުމަދު ޝަރީފަކީ ޕޮލިސް ބޯޑުގެ ރައީސް އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މަގާމުގަ އެވެ.

މީގެ ތިން އަހަރު ކުރިން 2020 ގައި އުފެއްދި ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ އެމްޑީ އަކީ، އެސްޓީއޯގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ސައީދެ އެވެ. އޭނާއަށް ފަހު ޝިޕިން ކުންފުނީގެ އެމްޑީއަކަށް ހަމަޖެއްސީ ކެޕްޓަން މުހައްމަދު ނާޒިމެވެ.

އަބްދުﷲ ސައީދު އާއި ނާޒިމަކީ މެރިޓައިމް ދާއިރާގައި ދިގަ ދުވަސްތަކެއްގައި ހިދުމަތްކޮށް، ތަޖުރިބާ ހޯއްދަވާފައިވާ ދެ ބޭފުޅުންނެވެ.

ނަމަވެސް މި ސަރުކާރުން ޝިޕިން ކުންފުންޏަށް އައްޔަން ކުރެއްވި އަހުމަދު ޝަރީފަކީ އެ ދާއިރާގައި ކުރިން އުޅުއްވި ބޭފުޅެއް ނޫނެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އުފެއްދި ގައުމީ ޝިޕިން ކުންފުނި ހުއްޓިފައި އޮންނަތާ ގިނަ އަހަރުތަކެއް ވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަލަށް އުފެއްދި މޯލްޑިވްސް ސްޓޭޓު ޝިޕިން ކުންފުނިން މި ވޭތުވެދިޔަ ތިން އަހަރު ބޮޑެތި ކާމިޔާބީތަކެއްް ހޯދާފައިވެ އެވެ.