Advertisement

"ޕެލޭ ހުރިނަމަ ބްރެޒިލް ޓީމުގެ ހާލަތު ފެނިފައި ކަރުނަ އަޅާނެ"

27 ޑިސެންބަރު 2023 - 11:05 0


"ޕެލޭ ހުރިނަމަ ބްރެޒިލް ޓީމުގެ ހާލަތު ފެނިފައި ކަރުނަ އަޅާނެ"

27 ޑިސެންބަރު 2023 - 11:05 0

ސައޯ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 27) - ބްރެޒިލްގެ ގައުމީ ޓީމުގެ މިހާރުގެ ހާލަތު ފެނިއްޖެ ނަމަ އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ޕެލޭ ވަރަށް ދެރަވާނެ ކަމަށް ޕެލޭގެ ދަރި އެޑީނިއޯ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހަށް ޕެލޭ މަރުވިތާ އަހަރެއް ފުރުނުއިރު, ބްރެޒިލްގެ މިހާރުގެ ފުޓުބޯޅައިގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި އެ ޓީމުން އަންނަނީ 2026 ވަނަ އަހަރު އެމެރިކާ ބައްރުގައި ބާއްވާ ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ދަށް ނަތީޖާތަކެއް ނެރެމުންނެވެ.

މި ދަށް ނަތީޖާ ތަކުގެ ސަބަބުން އެ ޓީމަށް 2026 ގެ ފީފާ ވޯލްޑް ކަޕުން ޖާގަ އެއް ގެއްލިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފުޓުބޯޅައިގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕެލޭގެ ދަރި އެޑީނިއޯ ބުނީ މިއީ "އޯވަ-ނައިޓް" އަކުންވީ ކަމެއް ނޫންކަން ފާހަގަ ކޮށްފަ އެވެ. އަދި ބްރެޒިލްގެ ފުޓުބޯޅައިގައި ރަނގަޅުކުރަން ހުރި ގިނަކަންކަން އެބަހުރި ކަމަށް އޭނާ ބުނެފައިވެ އެވެ.

"ބްރެޒިލްގައި މިހާރުވެސް މިތިބީ މޮޅު ކުޅުންތެރިން. ހަމައެކަނި ތަފާތަކީ ކުރިން ތިބި ފެންވަރުގެ ކުޅުންތެރިން ނެތުން" ކަމަށް އެޑީނިއޯ ހުރި މައްސަލަތައް ފާހަގަކުރި އެވެ.

"އަހަންނަށް ހަމަ ޔަގީން މިއަހަރު ޕެލޭ ދުނިޔޭގައި ހުރިނަމަ ބްރެޒިލްގެ ފުޓުބޯޅަ މިއޮތް ހާލަތާ މެދު ޕެލޭ ވަރަށް ދެރަވެ ކަރުނަ އަޅާނެ"

އެޑީނިއޯ މި ގޮތަށް ބުނިއިރު, ޕެލޭ ކުޅުނު ސަންޓޯސް ވަނީ 111 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފަ އެވެ. އެ ޓީމު ރެލިގޭޓްވާން ދިމާވި މައިގަނޑު ސަބަބަކީ މާލީ ދަތިކަމެވެ.