Advertisement

ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ތަރައްގީކުރަނީ

26 ޑިސެންބަރު 2023 - 21:16 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ތަރައްގީކުރަނީ

26 ޑިސެންބަރު 2023 - 21:16 0

ވިލިމާލޭގެ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ހިދުމަތުގެ ނިޒާމު ދިރާސާކޮށް އެ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ ދެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.

ތިން މަސް ދުވަހުގެ އެ އެއްބަސްވުމުގެ މަގުސަދަކީ ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި މިހާރު ބޭނުން ކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލު ކުރުމަށް ކުރަންހުރި މަސައްކަތަކީ ކޮބައިކަން ދެނެގަތުން ކަމަށް އެ މިނިސްޓަރީން ބުނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑު އިތުރު ކުރުމަށް ކުރަންހުރި މަސައްކަތާއި މަރާމާތު ކުރުމާއި ކެޕޭސިޓީ އިތުރު ކުރުމަށް ބޭނުންވާ އިންވެސްޓުމަންޓު ދެނެގަތުމުގެ އިތުރުން ނިޒާމު މަރާމާތު ކުރުމަށާއި އަޕްގުރޭޑު ކުރުމަށް މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒު ކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވައިލާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރީން ބުންޏެވެ.

އޭގެ އިތުރުން ވިލިމާލޭގެ ލޭންޑު ޔޫސް ޕްލޭންގެ މައުލޫމާތު އެންވަޔަރަމަންޓު މިނިސްޓަރީ މެދުވެރިކޮށް ފޯރުކޮށްދިނުމާއި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން އެއްބަސްވުމުގައި ބުނާ މަޝްރޫއު ތަންފީޒު ކުރުމަށް އެކުލަވާލާ އެކްޝަން ޕްލޭންއަށް އިކޮނޮމިކް ކައުންސިލުން އެންޑޯޒްމަންޓު ހޯޑައިދިނުން އެ އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ.

ޖުމުލަ 31.7 ހެކްޓަރުގެ ވިލިމާލެއަކީ 6000 އާ ގާތްކުރާ މިންވަރެއްގެ އާބާދީއެއް އޮންނަ ރަށެކެވެ. މާލޭގެ އަވަށެއްގެ ގޮތުގައި އޮންނަ އެރަށާ މާލޭގެ ފަސްގަނޑާ ތިލަމާލެ ބުރިޖު މެދުވެރިކޮށް ގުޅުވައިލުމުން އެރަށުގެ އާބާދީ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށް ލަފާ ކުރެވެ އެވެ.