Advertisement

ހުލާސާކޮށް އިއްޔެ: މޭޔަރު ނިޒާރުގެ ފާޑުކިޔުން ސަރުކާރަށް

5 މޭ 2024 - 06:21 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު


ހުލާސާކޮށް އިއްޔެ: މޭޔަރު ނިޒާރުގެ ފާޑުކިޔުން ސަރުކާރަށް

5 މޭ 2024 - 06:21 0

ވެރި ރަށް މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫއަށް ސިޓީގައި ފެނުގެ ހިދުމަތް ކެނޑޭތީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އައްޑޫގައި ފެނުގެ ހިދުމަތް ދޭތެރެ ދޭތެރެއިން މެދުކެނޑެމުން އަންނައިރު، މައްސަލަ ހައްލުނުވެ ބައެއް ފަހަރު ދިގުލައިގެން ވެސް ދެ އެވެ. އަދި މައްސަލައަށް މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައި ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ނުލިބޭތީ ރައްޔިތުންގެ ޝަކުވާ ދަނީ އިތުރުވަމުން ކަމަށެވެ.

"މިކަމަށް ހައްލު ހޯދަން މިހާ ދުވަސް ނަގަން ޖެހުމަކީ ނުކުޅެދުމެއް. މިތަކުލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކައިގެ މެނޭޖްމަންޓަށް ދަންނަވަން،" މޭޔަރު ވިދާޅުވި އެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫގެ ފެން ޕްލާންޓުގައި ދޭތެރެ ދޭތެރެއިން މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ. އެކަން ހައްލު ކުރަން އެމްޑަބްލިއުއެސްސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"ދިމާވަމުން އަންނަ ޓެކްނިކަލް މައްސަލަތައް ހައްލުކުރަން އަޅުގަނޑުމެން މި އަންނަނީ އަބަދުވެސް މަސައްކަތްކުރަމުން. އެއްކޮށް މައްސަލަ ހައްލުވާނީ ޕްރޮޖެކްޓް ނިމިގެން،" މުއާޒު ވިދާޅުވި އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 282 މިލިޔަން ރުފިޔާއަށެވެ.