Advertisement

މާޗު މަހު ފޮނުވި ޑިސްކައުންޓު ބިލަށްވުރެ ބޮޑުނުވާނެހެން މި މަހުގެ ފެން ބިލު އަލުން ފޮނުވަނީ

5 މޭ 2024 - 09:52 2

ނިމާ ހަސަން

ނިމާ ހަސަން

އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން; މާޗު މަހު ފޮނުވި ޑިސްކައުންޓު ބިލަށްވުރެ ބޮޑުނުވާނެހެން މިމަހުގެ ފެން ބިލު އަލުން ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އެމްޑަބްލިއުއެސްސީ


މާޗު މަހު ފޮނުވި ޑިސްކައުންޓު ބިލަށްވުރެ ބޮޑުނުވާނެހެން މި މަހުގެ ފެން ބިލު އަލުން ފޮނުވަނީ

5 މޭ 2024 - 09:52 2

ރޯދަ މަހުގެ ޑިސްކައުންޓާއެކު މާޗު މަހު ފޮނުވި ފެން ބިލަށް ވުރެ ބޮޑުނުވާނެހެން އޭޕްރީލް މަހުގެ ބިލު ފޮނުވަން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ, ޑިސްކައުންޓު ދިން މާޗު މަހުގެ ބިލަށްވުރެ އޭޕްރީލް މަހުގެ ބިލު ބޮޑުވާނަމަ, ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދޭނެ ކަމަށެވެ. އަދި އެއީ ބިލުގެ 10 ޕަސަންޓަށްވުރެ ކުޑަ އަދަދެއް ކަމަށްވާނަމަ, ޑިސްކައުންޓު ދޭ މިންވަރު ބިލުގެ 10 ޕަސަންޓާ އެއްވަރަށް އުފުލައިދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"2024 އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 ޕަސަންޓު ޑިސްކައުންޓު ދެވޭނެ," އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ އަލަށް ފެން އަދި ކަރަންޓު ލާފައިވާ މީހުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2024 އޭޕްރީލް މަހުގެ ބިލްކަމުގައިވާނަމަ އެ މީހުންނަށް ވެސް އޭޕްރީލް މަހުގެ ބިލުން 10 ޕަސަންޓު ޑިސްކައުންޓް ދޭނެ ކަމަށެވެ.

އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމިއިރު, އެމްޑަބްލިއުއެސްސީން ވަނީ ޑިސްކައުންޓު ނުހިމަނައި އޭޕްރީލް މަހުގެ ބިލުތައް ކަސްޓަމަރުންނަށް ފޮނުވާފަ އެވެ. ޑިސްކައުންޓު ނުހިމަނައި ފޮނުވި ބިލުތަކަށް އަންނާނެ ބަދަލުތަކާއި, ޑިސްކައުންޓު ދޭ އަދަދުތައް އަދި ޑިސްކައުންޓު އަދަދު ކަސްޓަމަރަށް ކްރެޑިޓް ކުރެވޭ ނަމަ އެ މައުލޫމާތު ވެސް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރޯދަ މަހު ބޭނުން ކުރާ ކަރަންޓަށް ޑިސްކައުންޓެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ވައުދާ އެއްގޮތަށް މާޗު މަހުގެ ބިލުތަކުން ޑިސްކައުންޓު ދިނެވެ. އޭޕްރީލް މަހުގެ ބިލުތަކަށް ޑިސްކައުންޓު ދޭން ނިންމީ ޑިސްކައުންޓު ނުހިމަނައި ފޮނުވުމުން, އާންމުންގެ ޝަކުވާ ބޮޑުވުމުންނެވެ.