Advertisement

އުމްރާއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

25 ޑިސެންބަރު 2023 - 17:28 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މީގާތު ހައްޖު/އުމްރާ ގްރޫޕުގެ އުމްރާވެރިން؛ އެ ގްރޫޕުގައި އުމްރާއަށް ދިޔަ ދިވެއްސަކު ވަނީ މަރުވެފައި -- ފޮޓޯ: މީގާތު ހައްޖު/އުމްރާ ގްރޫޕު


އުމްރާއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

25 ޑިސެންބަރު 2023 - 17:28 2

އުމްރާއަށް ދިޔަ ދިވެއްސަކު މައްކާގައި ނިވާވެއްޖެ އެވެ.

މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕު މެދުވެރިކޮށް އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ހދ. ހަނިމާދޫ، އަލަމާގޭ، ހާލިދު އިބްރާހިމް، 68، އެވެ. އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މީގާތު އުމްރާ ގުރޫޕުން ބުނެ އެވެ.

ރޭ ކުއްލި ގޮތަކަށް މަރުވި ހާލިދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު މަސްޖިދުލް ހަރަމުގަ އެވެ.

އޭނާ ނިޔާވި ސަބަބެއް މީގާތު ހައްޖު ގްރޫޕުން ހާމަކޮށްފައެއް ނުވެ އެވެ.

މިއަހަރު އުމްރާގެ އަޅުކަމަށް ގޮސް ތިބި ފަސް މީހަކު މިހާތަނަށް ނިޔާވެފައި ވެއެވެ.