Advertisement

ވިލާ ކޮލެޖުގައި ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުވައިފި

25 ޑިސެންބަރު 2023 - 13:53 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

"ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓާ" ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގައި ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުވައިފި

25 ޑިސެންބަރު 2023 - 13:53 0

ވިލާ ކޮލެޖުގައި ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުވައިފި އެވެ.

"ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓާ" ގެ ނަމުގައި ވިލާ ކޮލެޖުގައި ގާއިމުކުރި ސެންޓަރަކީ، މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި މިފަދަ ސެންޓަރެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ، ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

ސެންޓަރު ހުޅުވައިދެއްވަމުން ޑރ. އަންވަރު ވިދާޅުވީ، އެ ކޮލެޖުގައި މިފަދަ ސެންޓަރެއް ހުޅުވުމުގެ މަގުސަދަކީ ވިލާ ކޮލެޖު އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުން ކަމަށެވެ.

އޭގެ އިތުރުން ވިލާ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ދަރިވަރުންނާއި މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެހީތެރިވެދޭނެ ތަނަކަށް މި ސެންޓަރު ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޑރ. އަންވަރު ވިދާޅުވި އެވެ.

"ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓާ" އިން ސައިކޮސޯޝަލް ސަޕޯޓް، ކައުންސެލިން، ސައިކޮތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓްގެ ހިދުމަތް ލިބޭނެ އެވެ.

ވިލާ ކޮލެޖުގައި ބެޗެލާސް އިން ސައިކޮލޮޖީ އަދި މާސްޓާސް އޮފް ސައިންސް (ކައުންސެލިން) ގެ ދާއިރާއިން މިހާރު ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް މި ސެންޓަރުގައި އެކަޑަމިކް އަދި ފަންނީ ތަޖުރިބާގެގޮތުގައި އިންޓާރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހަމަޖެހިފައި އޮންނާނެކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދިނެވެ.

މި ސެންޓަރުގެ ހިދުމަތް ލިބެން ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 21:00 އަށެވެ.

މި ސެންޓަރގެ ހިދުމަތްތައް މިހާރު ވަނީ އާންމުންނަށް ވެސް ހުޅުވާލާފަ އެވެ. ވީކެއާގެ ވެބްސައިޓުން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.