Advertisement

ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބު ރައީސް ގޮވާލައްވައިފި

25 ޑިސެންބަރު 2023 - 10:36 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް


ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބު ރައީސް ގޮވާލައްވައިފި

25 ޑިސެންބަރު 2023 - 10:36 0

ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން ބާރުވެރިކޮށް އެ މީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި އެކަން އެހެން ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޑިމޮކްރެޓިކް މޮންޓެނޭގްރޯއަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާކަމުގައި ހުސައިން ވިދާޅުވި އެވެ. އަދި, ޑިމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫހު އާލާކުރުމަށް އެ ޕާޓީގެ ލީޑާޝިޕުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ.

ޑިމޮކްރަސީއަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. އަދި, ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

މި ދެ ގައުމަކީ އެއް ގައުމުން އަނެއް ގައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެ ގައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.

ސަރުކާރު އޮތީ ރެޔާއި ދުވާލު ހުއްޓުމެއްނެތި، ރައްޔިތުންނަށް ވެފައިވާ އެ ވައުދުތައް ފުއްދައިދެއްވުމުގެ މަސައްކަތް ކުރުމަށް ތައްޔާރަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.