Advertisement

އިނގިރޭސިވިލާތުގެ އިންޑޯ ޕެސިފިކް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރު ނިންމާލައްވައިފި

12 މޭ 2024 - 21:22 0

އޭން-މޭރީ ޓްރެވެލީން ނައިބު ރައީސްއާއެކު: ނައިބު ރައީސް އަދި ބައެއް ވަޒީރުންނާ އޭނާ ބައްދަލު ކުރެއްވި -- ފޮޓޯ: ޔޫކޭ.ގަވް އޭން-މެރީ


އިނގިރޭސިވިލާތުގެ އިންޑޯ ޕެސިފިކް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރު ނިންމާލައްވައިފި

12 މޭ 2024 - 21:22 0

އިނގިރޭސިވިލާތުގެ އިންޑޯ ޕެސިފިކް މިނިސްޓަރު އޭން-މޭރީ ޓްރެވެލީން ދިވެހިރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު މިއަދު ނިންމާލައްވައިފި އެވެ.

އެ ދަތުރުގައި އޭން-މޭރީ ވަނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ބައްދަލު ކުރައްވައިފަ އެވެ.

އޭން-މޭރީގެ ދަތުރުގައި ސަރަހައްދީ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މެރިޓައިމް ސެކިއުރިޓީއަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކްއަށް މުހިންމު މައްސަލައެއް ކަމަށް އިނގިރޭސިވިލާތުން ފާހަގަ ކުރެ އެވެ.

އިންޑޯ ޕެސިފިކް މިނިސްޓަރުގެ ދަތުރުގައި އޭނާ ވަނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އިނގިރޭސި ކުންފުނިތަކާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތަކާމެދު ވާހަކަ ދެކުވުނު ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ އަންހެން ފަނޑިޔާރުންނާ އޭން-މޭރީ ބައްދަލު ކުރައްވައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.