Advertisement

ކ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވައިފި

24 ޑިސެންބަރު 2023 - 13:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި ނިމާލް؛ އޭނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި


ކ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވައިފި

24 ޑިސެންބަރު 2023 - 13:28 0

ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ނިމާލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އަމިއްލަ ރަށުން ބޭރުގައި ވަޒީފާ އަދާ ކުރެއްވުމަށް މި ވަގުތަށް ދަތިތަކެއް ހުންނެވުމުން ކަމަށެވެ.

"މާލެ އަތޮޅު ރައްޔިތުން ހިދުމަތް ކުރަން ފުރުސަތު ދެއްވި ކަމަށް ޓަކައި އަބަދުވެސް ޝުކުރުވެރިވަން،" ނިމާލްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ނިމާލްގެ އިސްތިއުފާ ސިޓީގައި ވިދާޅުވީ މާލެ އަތޮޅުގެ ރައްޔިތުން ތަރައްގީއަށް ބޭނުންވާ ކަންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހާސިލްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

ނިމާލްއަކީ އަތޮޅު ކައުންސިލްތައް ތަމްސީލް ކުރުމަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އިންނަވާ މެންބަރެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނިމާލް ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްވިއިރު އޭނާ ފެނަކައިގައި ހޭދަކުރެއްވި ދުަވަސްވަރު ހިންގެވި ކަމަށް ތުހުމަތު ކުރާ ހިޔާނާތުގެ މައްސަލައެއްގައި ދައުވާ ކޮށްފައި ވެސް ވެ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުސޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި، ނިމާލާއި އަދި އިތުރު ތިން މީހެއްގެ މައްޗަށް ހިޔާނާތުގެ ތިން ދައުވާއެއް އުފުލާފައިވެ އެވެ.