Advertisement

ދިރާސާއާއި އިޖުތިމާއީ ބޭނުމަށް ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 21 އަހަރަށް ކުޑަކޮށްފި

10 މާރިޗު 2024 - 10:41 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބ. ދަކަންދޫ – 5.73 ހެކްޓަރު --


ދިރާސާއާއި އިޖުތިމާއީ ބޭނުމަށް ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 21 އަހަރަށް ކުޑަކޮށްފި

10 މާރިޗު 2024 - 10:41 0

"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި މިދިޔަ އަހަރު ގެޒެޓްކުރި ގަވައިދުގެ ދަށުން ފަޅު ރަށްތައް ދޫކުރެވޭ މުއްދަތަކީ 21 އަހަރު ކަމުގައި ކަނޑައަޅައި، ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް މީގެ ކުރިން ފަޅު ރަށްތައް ކުއްޔަށް ދޫކުރެވެނީ 25 އަހަރުގެ މުއްދަތަކަށެވެ.

ނަމަވެސް، އެ ގަވާއިދަށް ބަދަލު ގެނެސް، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ގަވާއިދުގައި ވަނީ ކައުންސިލުތަކަށް ފަޅު ރަށް ދޫކުރުމަށް ވާ އެއްބަސްވުމުގެ މުއްދަތަކަށް ކަނޑައަޅަންވާނީ 21 އަހަރު ދުވަހުގެ މުއްދަތެއް ކަމަށް ބުނެފަ އެވެ.

އެގޮތުން މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، 21 އަހަރުގެ މުއްދަތު ހަމަވުމުގެ އެއް އަހަރު ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ކައުންސިލަށް ފަޅުރަށް ދޫކޮށްފައިވާ މުއްދަތަށް އިތުރު ހަތަރު އަހަރު އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަން ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި ރަށްތަށް ދޫކުރަން ހަމަޖެހިފައިވަނީ ރަށް ތަރައްގީކުރުމަށް ކައުންސިލުތަކުން ހައުސިން މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ވަކި ކޮމިޓީއަކުން ވަޒަންކޮށް، މާކްސްދިނުމަށްފަހުގަ އެވެ.

ފެބްރުއަރީ 17، ގައި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވައިދުގެ ދަށުން ދޫކުރާ 25 ރަށަށް ކުރިމަތިލުމަށް ކައުންސިލްތަކަށް ހުޅުވާލާފަ އެވެ.

ކައުންސިލްތަކަށް ދޫކުރަން ހުޅުވާލި ފަޅު ރަށްތައް:

  1. ހދ. ފަރިދޫ – 26.46 ހެކްޓަރު
  2. ހދ. ހިރިނައިދޫ – 6.40 ހެކްޓަރު
  3. ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު
  4. ށ. މިގޫދޫ – 8.66 ހެކްޓަރު
  5. ނ. ދީފުރަމް – 2.37 ހެކްޓަރު
  6. ނ. އިނގުރައިދޫ – 13.12 ހެކްޓަރު
  7. ރ. ހިބޫދޫ – 2.48 ހެކްޓަރު
  8. ރ. ހުޅުދޫ – 1.63 ހެކްޓަރު
  9. ރ. ނެޔޮ – 7.19 ހެކްޓަރު
  10. ބ. މާއްޑޫ – 25.93 ހެކްޓަރު
  11. ބ. ދަކަންދޫ – 5.73 ހެކްޓަރު
  12. މ. މާހުރާ – 4.84 ހެކްޓަރު
  13. ފ. މަކުނުއެރި – 1.28 ހެކްޓަރު
  14. ދ. ފެންފުށި – 3.51 ހެކްޓަރު
  15. ދ. މިނިމަސްގަލި – 4.64 ހެކްޓަރު
  16. ތ. ފެންމީރުފުށި – 1.70 ހެކްޓަރު
  17. ތ. ކަކޮޅަސް – 16.19 ހެކްޓަރު
  18. ލ. ކަނޑަރު – 4.27 ހެކްޓަރު
  19. ލ. ބޮޑުމާބުޅި – 5.07 ހެކްޓަރު
  20. ގއ. ވިލިގަލާ – 3.25 ހެކްޓަރު
  21. ގއ. މުނަންދުވާ – 6.35 ހެކްޓަރު
  22. ގދ. މާނައިދޫ – 16.15 ހެކްޓަރު
  23. ދ. އާކިރަހުއްޓާ – 9.21 ހެކްޓަރު
  24. ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު
  25. ގދ. ލޮނުދޫ – 5.96 ހެކްޓަރު

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަށްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތައް ނުވަތަ އަތޮޅެއްގައި ހިމެނޭ ރަށްތައް ދޫކުރާނީ އެ ރަށް ހިމެނޭ އަތޮޅުގެ ރަށްތަކުގެ ރުހުމާއެކު، ސަރުކާރާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.