Advertisement

މާބަނޑު އަންހެނަކަށް އުނގޫފާރު ހޮސްޕިޓަލުން އިހުމާލުވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީން ބަލަނީ

23 ޑިސެންބަރު 2023 - 20:39 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އުނގޫފާރު ހޮސްޕިޓަލް އިމާރާތް؛ މާބަނޑު އަންހެން މީހާ ވިހަން ދިޔައީ މި ހޮސްޕިޓަލަށް - ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޕޭޖު


މާބަނޑު އަންހެނަކަށް އުނގޫފާރު ހޮސްޕިޓަލުން އިހުމާލުވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީން ބަލަނީ

23 ޑިސެންބަރު 2023 - 20:39 0

މާބަނޑު އަންހެނަކަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމުގައި އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ރ. ވާދޫ، މަރިޔަމް ސާނިޔާ އުނގޫފާރު ހޮސްޕިޓަލުގައި ވިހަން ވެގެން ބޭއްވި ދުވަސްވަރު ހާލު ދެރަވުމުން އެކަށީގެންވާ ބޭސްފަރުވާ ދެމުން ނުދިޔަ ކަމަށް އޭނާގެ ފިރިމީހާ ތުހުމަތު ކުރެ އެވެ. ހާލު ދެރަވެގެން ގޮސް އޭނާ ވެންޓިލޭޓަރަށް ލުމަށް ފަހު، މާލެ ގެނެސްފައި ވެ އެވެ.

މާލެ ގެނައި ފަހުން ސާނިޔާ މަރުވެގެން ދިޔައިރު ހެލްތު މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސަމާލު ކަމަށް އެ ޝަކުވާތައް އައިސްފައިވާ ކަމަށެވެ. އަދި އެ ކަން ހިނގައިދިޔަ ގޮތް އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އުނގޫފާރު ހޮސްޕިޓަލުގައި ބާއްވާފައި ވަނިކޮށް ދަރިފުޅު ވިހަން އުޅޭތޯ ފިރިމީހާ ސުވާލު ކުރާ ކޮންމެ ފަހަރަކު އަދި ވިހަން ނޫޅޭ ކަމަށާއި ހާސްނުވުމަށް ހޮސްޕިޓަލުގެ މުވައްޒަފުން ބުނަމުން ދިޔަ ކަމަށް ތުހުމަތުކޮށްފައި ވެ އެވެ. އާއިލާއިން ބުނާ ގޮތުން ނަމަ ދަރިފުޅު މަރުވީ އެ ކުއްޖާ ނަގަން ތަކުރާރުކޮށް އެދެމުން ދަނިކޮށެވެ.

އެ ކުއްޖާ މަރުވީ ސެޕްޓެމްބަރު މަހުގަ އެވެ. އެ މަހުގެ ތެރޭގައި ސާނިޔާ އިތުރު ފަރުވާއަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނަ އެވެ. އޭރު ސާނިޔާގެ ސިކުނޑިއާއި ހިތާއި ކިޑްނީ މަސައްކަތް ނުކުރާ ކަމަށް ޓްރީޓޮޕުން ބުނެފައި ވެ އެވެ.

ޓްރީޓޮޕްގައި ފަރުވާ ދެމުން ދަނިކޮށް ސާނިޔާ މަރުވީ މިދިޔަ ބުދަ ދުވަހެވެ.