Advertisement

ފައިލޭރިއާ ޖެހިފައި ހުރި ބިދޭސީއަކު ހުޅުމާލޭން ފެނިއްޖެ

23 ޑިސެންބަރު 2023 - 18:17 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ މަގު ހެދުމުގެ މަސައްކަތުގައި މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ: ފައިލޭރިއާ ޖެހިފައިވާ ކަން ދެނެގަނެވުނު އެންމެންނަކީ ވެސް ބިދޭސީ މަސައްކަތްތެރިން --- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


ފައިލޭރިއާ ޖެހިފައި ހުރި ބިދޭސީއަކު ހުޅުމާލޭން ފެނިއްޖެ

23 ޑިސެންބަރު 2023 - 18:17 0

ހުޅުމާލޭގައި އިއްޔެ ބޭއްވި މައިގްރަންޓް ފެއާގެ ތެރެއިން ޓެސްޓު ކުރި ބިދޭސީއަކަށް ފައިލޭރިއާ ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ރާއްޖޭން އެއްކޮށް ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު ފުރަތަމަ ފެނުނީ، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެެއްގެ ތެރެއިން، ކުޅުދުއްފުށި ސިޓީންނެވެ. އެ ރަށުން ފައިލޭރިއާ ޖެހިފައިވާ 25 ބިދޭސީ މަސައްކަތްތެރިއަކު މިހާތަނަށް ދެނެގަނެވިފައި ވެ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލެއިން ނެގުނު 13 ސާމްޕަލުގެ ތެރެއިން ޕޮޒިޓިވްވީ އެންމެ ސާމްޕަލެއް ކަމަށެވެ. އެ މީީހާއަށް މިހާރު ބޭސް ދީފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ފައިލޭރިއާއަށް ޕޮޒިޓިވްވީ މީހުންނަކީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުން އައިސްފައިވާ މީހުންނެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ބަލި ޖެހިފައިވާ މަސައްކަތްތެރިން ނިސްބަތް ވަނީ އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓަމިލް ނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާއަށެވެ.

ފައިލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ.

ރާއްޖެއިން މި ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލިބުނީ 2016 ގަ އެވެ. ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކުރީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ.