20 ޑިސެންބަރު 2023 - 15:28 10
މިންހާ އަބްދުﷲ
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ), މެމްބަރުންނަށް ލިބޭ މުސާރައަށް ވުރެ ބޮޑު އެއްޗެއް ރައްޔިތުންނަށް ހޭދަ ކުރާ ކަމަށް ވިދާޅުވި - ފޮޓޯ: އިޔާން/ މަޖިލިސް
20 ޑިސެންބަރު 2023 - 15:28 10
ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައަށް ވުރެ ބޮޑު އެއްޗެއް ރައްޔިތުންނަށް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ތިން ބާރުގެ މުސާރަ ބޮޑު ކުރުމާއެކު، އަމާޒުވި ފާޑު ކިޔުންތަކާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ މުސާރައަށް ގެނައުމަށް މާލިއްޔަތު ކޮމެޓީން ފާސް ކުރީ ރައީސް އޮފީހުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
އެހެންކަމުން، ދައުލަތުގެ އެއް ބައެއްގެ މުސާރަ ބޮޑުކޮށް، ދެން ތިބި އިދާރާތަކުގެ މުސާރަ ބޮޑު ނުކުރުމަކީ ފުށު އަރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ކޮމެޓީން ނިންމީ މިހާރު މުސާރައިގެ ގޮތުގައި ލިބޭ 62،500 ރުފިޔާ 80،000 ރުފިޔާއަށް ބަދަލު ކުރުމަށެވެ. އަދި، މިހާރު ލިބޭ 80،000 ރުފިޔާގެ މުސާރައިގެ ބަދަލުގައި ކޮމެޓީ އެލަވަންސްގެ ގޮތުގައި ދޭ 20،000 ރުފިޔާ އާއެކު ކޮންމެ މެމްބަރަކަށް އެއް ލައްކަ ރުފިޔާ ލިބޭނެ އެވެ.
ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރާ އިރު، ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާ ނުވަތަ އުއްތަމަ ފަނޑިޔާރަށް ލިބޭ ގޮތަށް ފާސްކުރީ 91،000 ރުފިޔާ އެވެ. މިއީ މަޖިލީސް މެމްބަރެއްގެ މުސާރައަށް ވުރެ 9،000 ރުފިޔާ ކުޑަ އަދަދެކެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރައަށް ވުރެ މެމްބަރެއްގެ މުސާރަ ބޮޑު!
އުއްތަމަ ފަނޑިޔާރުގެ މުސާރައަށް ވުރެ މެމްބަރެއްގެ މުސާރަ ބޮޑު!
އެކަމާ ގުޅޭ ގޮތުން "އަދަދު"އިން ސުވާލު ކުރުމުން ޕީޖީ ލީޑަރު ވިދާޅުވީ މެމްބަރުންގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ނުވާނެ ކަމަށެވެ. އެހެންނަމަވެސް، އެލަވަންސްތަކުގައި ތަފާތެއް އުޅެދާނެ ކަމަށް ވިދާޅުވި އެވެ.
"މަޖިލިސް މެމްބަރަކަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑެއް ނުވާނެ، އެލަވަންސްތަކެއްގެ ތަފާތު މި އަންނަނީ، މަޖިލިސް މެމްބަރުންނަށް ލިބޭ އެއް އެއްލަވަންސްއަކީ ލިވިން އެލަވަންސްއެއް، ރަށްރަށުން އައިސް ތިބި ބޭފުޅުންނަށް ވާތީ. ކޮމެޓީ އެލަވަންސް މި ލިބެނީ ކޮމެޓީއަށް ހާޒިރުވާ މިންވަރަކުން، މުސާރައަކީ ވެސް ވަކި އަދަދަކަށް މަޖިލީހަށް ހާޒިރުވީމަ ލިބޭ އއްޗެއް، އެއިން ބައި ކުޅަ ބައި ކެނޑިގެން ދާ ގޮތަށް، ކުރިން މެމްބަރުންނާ މެދު ރައްޔިތުންގެ މެދުގައި ހީވެފައި އޮތް އޮތުން ވަރަށް ބޮޑަށް ބަދަލު ކުރެވިއްޖެ 19 ވަނަ މަޖިލީހުގަ، އިލްޒާމެއް އަޅުވަން ބޭނުމިއްޔާ ބަދުނާމެއް ކުރަން ބޭނުމިއްޔާ އެ ވާހަކަ ދެއްކިދާނެ،" ޕީޖީ ލީޑަރު ވިދާޅުވި އެވެ.
މެމްބަރުންނަށް ލިބޭ މުސާރައަކީ ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށީގެންވާ މުސާރައެއް ކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން ޕީޖީ ލީޑަރު ވިދާޅުވީ މެމްބަރުންނަކީ ރަށްރަށުގަ ދިރިއުޅުއްވުމަށް ފަހު މާލެ އައިސް، އވަރަށް އުނދަގުލުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ބައެއް ކަމަށެވެ.
މާލޭގައި ގިނަ ހަރަދުތަކެއް ކުރުމުގެ އިތުރުން މަޖިލީސް ރިސެސްއަށް ދިޔުމުން ރައްޔިތުންގެ ގާތަށް ދިޔުމަށް ކުރާ ކޮންމެ ދަތުރަކީ ވެސް، އިންތިހާއަށް ބޮޑު ހޭދައެއް ކަމަށް ވިދާޅުވި އެވެ.
"އަމިއްލަ ތަޖުރިބާއިން ވެސް އެހެން މެމްބަރުންގެ ވާހަކައިން ވެސް އެނގެނީ މަހެއްގައި ލިބޭ މުސާރައަށްވުރެ ބޮޑު ބައި ރައްޔިތުންނަށް ހޭދަ ކުރަން ޖެހޭ ކަން،" ބިގޭ ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް ހިމެނޭހެން، ދައުލަތުގެ އެކި އިދާރާތަކާއި ދާއިރާތަކުގެ މުސާރަ ބޮޑު ކުރި އިރު، މަޖިލިސް މެމްބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑު ކުރަން ނިންމި ނިންމުމާއެކު ގިނަ އާންމުންގެ ފާޑު ކިޔުން ޕާޓީތަކަށް އަންނަނީ އަމާޒު ވަމުންނެވެ. މި އިސްލާހު މި ގޮތަށް ފާސްކުރީ، މައި ތިން ޕާޓީކަމަށްވާ އެމްޑީޕީ، ޕީއެންސީ އަދި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވެސް ވޯޓާ އެކުގަ އެވެ.
0.00%
0.00%
93.33%
6.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުޖުތާޒު
about 1 year ago
ޢެއީ ކަލޭމެން އަމިއްލަޔަށްކުރާކަމެށް އެއީ އެހެނޭކިޔާފަ ކަލޭމެންގެ މުސާރަ އަމިއްލަޔަށް ބޯޑުކުރަންޖެހޭ ސަބަބެއްނޫން
އެކޮއި
about 1 year ago
މުސާރަ އަށްވުރެ ބޮޑު އެއްޗެއް ދާއިރާގެ ރައްޔަތުންނައް ހޭދަކު ރާގޮތައް ރައްޔަތުން ގާތު ސަލަން ޖަހައިގެން ވެސް މިންބަރުކަން ހޯދަނީ ހޭދަކުރާ ގޮތަކަށް ނޫތަ މިހާރު މުސާރަބޮޑު ކުރަން މިއުލެނީ ކިހިނެއް ވެގެންތަ
ޕެންޒީފިހާރަ
about 1 year ago
ބިގޭ ކޮސްވާހަކަ ނުދައްކަވާށެވެ. އަލިފުއްޓަށް އަރުވާލާފައި ހުރިއިރު ބިގޭ އަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. މިންބަރުކަން ލިބުނު ފަހުން އަޅައިގެންފަ ވެއްޓުނަސް ނޭގެއެވެ. އެވަރު މީހަކު ،މީހަކަށް އެއްޗެއް ދޭނެތަ؟
މިވަރު
about 1 year ago
ބަލަތިހާބޮޑުހަރަދެއްކުރަން ޖެހޭއިރު ތިތަނަބޯތިކޮއްޕަނީ ކީއްކުރަންތަ ގޭގައޮވެބަލަ ކާކުތަބުނީ ކުރިމަތިލާށޭ ބިގޭކައިރީ
ޖަނާހް
about 1 year ago
އަމިއްލަ ފައިދާ އަށް މަސައްކަތް ނުކޮށް، ދާއިރާއަށް ހޮވާފަ ތިބޭ މަސްޢޫލިޔަތު ފުރިހަމަޔަށް އަދާކުރާ ކުރާނަމަ ދާއިރާގެ ރައްޔިތުން ކައިރިއަށް ދާއިރު އާއްމު ރައްޔިތުމީހާ ރުއްސަން ލާރި ބަހާކަށް ނުޖެހޭނެ. ކަންކަން ނުކުރެވޭތީ ތިޔަ ބުނާ ހޭދައެއް ކުރަންޖެހެނީ. އެހެނަސް ހަމަ ތިމީހުން ތި ސަގާފަތް މިތަނަށް އާއްމުކުރީ، ވޯޓް ގަނެގެންނޭ ތިމަންނަ ގޮނޑިހޯދީ އޭ ކިޔާފަ.
އަލިފުށީ ދާއިރާ
about 1 year ago
ކޮންހާ ދޮގެއް ހަދާކަށް. ތިޔަ ބިގޭގެ އަމިއްލަ ލާރީގަ ކުރި އެއްކަމެއްވެސް ނެތް. ސަރުކާރު ހަރަދުގަ ވޯޓް ހޯދަން ކުރި ކަމެއްވިއްޔާ ކޮށްފަ ހުރީ. އަދި އެވެސް ގަވައިދާ ހިލާފަށް. ވޯޓް ހޯދަން އިންޖީނުގެއެއް އެޅީމަ ގަވައިދާ ހިލާފު ވެފަ އޮތީމަ އޮތީ ޖޫރިމަނާ ކޮށްފަ. ދެން ދަތި ހާލެކޭ ކިޔާފަ އަނގަ މި ހުޅުވަނީ.
އަސަރު
about 1 year ago
ތިކަހަލަ މެމްބަރުން އުޅުނީ 1990 ވަނަ އަހަރުތަކުގައެވެ. މިޒަމާނުގައި ރައްޔިތުންނަށް އަމިއްލަ ޖީބުން ޚަރަދު ކުރާ މެމްބަރުން ނުތިބޭނެކަން ރައްޔިތުންނަށް އެގޭނެއެވެ. މެމްބަރުން ތިބުނާ އެހީއަކީ ސަރުކާރުގެ ތެރެއިން ނުސީދާކޮށް ހަމަޖައްސައިދޭ އެއްޗެގެ ވާހަކައެވެ. އެހެނަސް އެއީ ތިބޭފުޅުންގެ މުސާރަ ނުވަތަ ޖީބުން ދޭ އެއްޗެއްނޫނެވެ. މޮޔަ ވާހަކަ ނުދައްކާށެވެ. ރައްޔިތުން މާ ހޭލުންތެރިވާނެއެވެ.
ހާއުފާ
about 1 year ago
ތިޔަވަރުގެ ފަޤީރުބަޔަކު (މަޖިލިސް މެންބަރުން) މިއުޑުދަށުގައިނުވޭ. ދެންތިޔަހިފާލީ ރައްޔިތުން ފެލާލަންދޯ؟ ހަމަހިލާ އެހެންނަކުންނުވާނެ
ަލިފާންކަނި
about 1 year ago
ކަލޭމެން އެކަނިތަ ތަންތަން ކުއްޔަށް ހިފައިގެން އުޅެނީ.ބޯގޯސް ކޮއްމެފަދަ އެއްޗެއްވެސް ކިޔާފާނެ .މާމުސާރަކުޑަ މާލޭގައި ދިރިއުޅޭ މީހުންވެސް އުޅެނީ ތަންތަން ކުއްޔަށް ހިފައިގެން ކަން އެނގި ނުލައްވާތީ ދެރަ.އާދައިގެ އިދާރީގޮތުން 4665 ރުފިޔާ ލިބޭ މާލޭގަ އުޅޭ މީހުންވެސް އުޅެނީ ތަންތަން ކުއްޔަށް ހިފައިގެން ކަން ވާހަކަ ދެއްކެވީ އިރު ހީވަނީ އެނގި ނުލައްވާހެން. ބޯގޯސް.
އަހްމަދު
about 1 year ago
ކަލޭމެންގެ ބަނޑު ފުރޭނީ ބޭރު ކުރީމައި.
Comment