Advertisement

އަރަގޯނެސްގެ ރެކޯޑާ ގްރީޒްމަން ހަަމަކޮށްފި

20 ޑިސެންބަރު 2023 - 13:08 0


އަރަގޯނެސްގެ ރެކޯޑާ ގްރީޒްމަން ހަަމަކޮށްފި

20 ޑިސެންބަރު 2023 - 13:08 0

މެޑްރިޑް (ޑިސެމްބަރު 20) - ސްޕެނިޝް ލީގުގައި ރޭ ގެޓަފޭއާ 3-3 އިން އެއްވަރުވި މެޗުގައި ޖެހި ދެ ގޯލާ އެކު، އެތުލެޓިކޯ މެޑްރިޑަށް އެންމެ ގިނަ ގޯލު ޖަހައިދީގެން، ލުއިސް އަރަގޯނެސް ހަދާފައިވާ ރެކޯޑާ އެންޓޮއިން ގްރީޒްމަން ހަމަކޮށްފި އެވެ.

އެތުލެޓިކޯ އާއި ސްޕެއިން ގައުމީ ޓީމަށް ކޯޗުކަން ވެސް ކޮށްދީފައިވާ އަރަގޯނެސް ވަނީ 173 ލަނޑު، އެތުލެެޓިކޯ އަށް ޖަހައިދީފަ އެވެ. ގްރީޒްމަން އެ ރެކޯޑާ ހަމަކުރިއިރު، މިހާރު އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް އޭނާ އަށް އެބައޮތެވެ.

އަމިއްލަ ދަނޑުގައި ރޭގެ މެޗު ކުޅުނު އެތުލެޓިކޯ އަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުމެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނިޓްގައި އެތުލެޓިކޯގެ ސްޓެފަން ސަވިޗަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ކުޅުންތެރިއަކު މަދުވިތާ ހަ މިނިޓް ތެރޭގައި އެތުލެޓިކޯ އިން ލީޑުނެގީ ގްރީޒްމަން ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭ ބޯހާ މަޔޮރާލް ވަނީ ގެޓަފޭ އަށް އެއްވަރުކޮށްދީފަ އެވެ. އަލްވާރޯ މޮރާޓާގެ ގޯލުން އެތުލެޓިކޯ އިން އަލުން ކުރިހޯދިއިރު، ގްރީޒްމަން ވައްދާލި ޕެނަލްޓީން އެ ޓީމުން ދެ ގޯލުގެ ލީޑެއްނެގި އެވެ. ގެޓަފޭގެ ދެ ވަނަ ގޯލު 87 ވަނަ މިނިޓްގައި ޖެހީ އޮސްކާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މަޔޮރާލް ވަނީ ގެޓަފޭ އަށް އެއްވަރުކޮށްދީފަ އެވެ.

މި ޕޮއިންޓާ އެކު، އެތުލެޓިކޯ އިން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ބާސެލޯނާ އަށް ވެސް ވަނީ 17 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ޖިރޯނާގެ އޮތީ 17 މެޗުން 44 ޕޮއިންޓެވެ.