20 ޑިސެންބަރު 2023 - 13:12 0
އަމަން ހަލީމް
އަލިމަސް ކާނިވަލުގައި ޕާކުކޮށްފައި ހުރި ކާރުތަކެއް: ޓްރާންސްޕޯޓުން ކުރި އިއުލާނުތަކުން 87 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރި -- އަދަދު ފައިލް ފޮޓޯ
20 ޑިސެންބަރު 2023 - 13:12 0
ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 7، އަދި ސެޕްޓެމްބަރު 26 ގައި ޓްރާންސްޕޯޓުން ކުރި އިއުލާނެއްގެ ދަށުން ބާތިލް ކުރި އުޅަނދުތަކެއްގެ ވެރި ފަރާތުންނެވެ. މީގެ ކުރިން ސިވިލް ކޯޓުން، އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރީ:
އެ މީހުން ކޯޓުގައި ބުނީ ޓްރާންސްޕޯޓު މިނިސްޓްރީން މި އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރީ އޮންނަ އުސޫލުތަކާ ހިލާފަށް، ގަވާއިދާ ހިލާފުވި ކަމަށް ބުނާ ގޮތް އެންގުމެއް ނެތި އަދި ދުރާލައި ރަޖިސްޓްރީ ބާތިލް ކުރާކަން ވެސް އެންގުމެއް ނެތި ކަމަށެވެ. ކޯޓުން އެ މީހުން އެދުނު ފަރުވާއަކީ ޓްރާންސްޕޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށާއި ގާނޫނީ ހަރަދުތައް ނަގައި ދިނުމަށާއި ރަޖިސްޓްރީ ބާތިލުކުރި ނިންމުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ހުށަހެޅޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޓްރާންސްޕޯޓުން މި މައްސަލާގައި ދިފާއުވީ ރަޖިސްޓްރީތައް ބާތިލުކުރި އުޅަނދުތަކަކީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާތީ ކަމަށް ބުނެ އެވެ. އަދި މި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރަން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭ ލިޔެކިޔުމެއް ވެސް ނެތި، ގަވާއިދާ ހިލާފަށް މާލޭ ޒޯޏުގައި އަދި ސައްހަ ނޫން ގަރާޖެއްގައި ރަޖިސްޓްރީ ކޮށްގެން، "ފޯޖު" ރަޖިސްޓްރީތަކެއް އޮތް އުޅަނދުތަކެއް ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ބުންޏެވެ.
ޓްރާންސްޕޯޓާ ދެކޮޅަށް ކޯޓުން ކުރި ހުކުމުގައި ވަނީ، ޓްރާންސްޕޯޓުން މިހެން ބުނި ކަމުގައިވީ ނަމަަވެސް އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި އެފަދަ ނިންމުމެއް ނިންމުމުގައި މުއައްސަސާއަކުން އަމަލުކުރަން އާންމު އުސޫލުތަކާއި، އިޖުރާއަތްތަކާ އެއްގޮތްވާ ނިންމުމެއްކަން ސާބިތުވާން ނެތް ކަމަށެވެ.
އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުން ބާތިލުކަމަށް ކަނޑައެޅި ނަމަވެސް މި މައްސަލަ ބެއްލެވި ގާޒީ ހާފިޒާ އަބްދުއްސައްތާރު ހުކުމް ކުރެއްވީ، ގާނޫނީ ހަރަދާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment