19 ޑިސެންބަރު 2023 - 09:25 2
ނިމާ ހަސަން
ކުރީގެ ރައީސް އަބްދުالله ޔާމީން; އިތުރު ލުއިތަކެއް ދޭން ކަރެކްޝަނުގައި އެދުނު ނަމަވެސް ގާނޫނާ ފުށުއެރުންތަކެއް ހުރުމުން ނިންމީ ލުއި ނުދޭން -- ފައިލް ފޮޓޯ: އިޔާން/ އަދަދު
19 ޑިސެންބަރު 2023 - 09:25 2
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތްޕުޅުން އިތުރު ލުއިތަކަކަށް އެދިފައިވާ ކަމަށް ކަރެކްޝަންސް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގައި އިތުރު ލުއިތަކެއް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިފައިވީ ނަމަވެސް, އެކަމުގައި ގާނޫނާ ފުށުއެރުންތަކެއް ހުރި ކަމަށެވެ.
އެހެންކަމުން, އިތުރު ލުޔެއް ދެވެން ނެތްކަން އަންގާފައިވާ ކަމަށް ކަރެކްޝަނުން "އަދަދު" އަށް މައުލޫމާތު ދިނެވެ.
ޔާމީންގެ ފަރާތުން ލުޔަށް އެދި, ލުއި ނުދޭން ނިންމި ކަމަށް ކަރެކްޝަނުން ބުނި ނަމަވެސް, އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ސާވިސް އިން ހާމަކޮށްފައި ނުވެ އެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.
ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.
ޔާމީނު މިނިވަން ކުރުމުގެ ވާހަކަ މުޅިން ބަދަލުވެއްޖެ
"ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ" ޝަހީބު
ޔާމީނު މިނިވަން ކުރުމުގެ ވާހަކަ މުޅިން ބަދަލުވެއްޖެ
"ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ" ޝަހީބު
ސަރުކާރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، މި ވެރިކަމުގައި ޔާމީނުގެ މައްޗަށް ހުކުމެއް ނީއްވާ ކަމަށާއި ޝަރުއީ ނިޒާމު މިނިވަންވި މިންވަރު ފެންނާނީ ހުކުމްތަކަށް ބެލުމުން ކަމަށެވެ.
"މާނައަކީ ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ" ޝަހީބު ވިދާޅުވި އެވެ.
ޝަހީބު ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މިނިވަންކަން އިނގޭނީ ހުކުމެއް ކުރުމުން ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ. ނަމަވެސް، ޔާމީނުގެ ޝަރީއަތްތައް އަވަސްކޮށް، އޭރު ވިދާޅުވި 'ހަރާން ހުކުމް' ބާތިލްކުރައްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ގަބުދޮގުރައިސް
about 1 year ago
ވެރިކަން ހޯދަން ހުސް ދޮގާ މަކަރުވެރިކަން ކުރިޔަށް ނެރެ އަދުރޭ މުއިޒް ފެމެލީ އެންޑް ފްރެންޑްސް ގެ ސަރުކާރެއް އުފައްދާ މިދައުލަތް ފޭރިގަތީ ކަން މިހާރު ގިނަމީހުންނަށް އެބަ އިހްސާސްވޭ. ހަރާމްހުކުމް/ބޭރުސިފައިން/ގައުމުބަގްރޫޓްވުން/ކަޑު/ބޭރުގެނުފޫޒް މީއެއްކަމެއްވެސް ޖަސްޓިފައި ނުކޮށްދެވުނު- ގައުމަށާއި ދިވެހިންނަށް ގައްދާރުވުމުކީ ހަމަޔަގީނުންވެސްމީ..
ވ
about 1 year ago
ކުރީސަރިކާރަށްވުރެ މިސަރުކާރު ޔާމީނުއަށް ދުސްމިނުވެފާނުބާވާނެ ޔަގީންކަމެއްއެއީ މީދޮގުގެމައްޗައް ބިނާވެފަވާސަރުކާރެއް
Comment