17 ޑިސެންބަރު 2023 - 15:55 2
އަހުމަދު އާއިދު
ރިޔާސީ ކެމްޕޭންގެ ތެރެއިން ރައީސް މުއިއްޒު : ކައިރީގައި ޔާމީނުގެ ނަން ޖެހި ގޮނޑިއެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު
17 ޑިސެންބަރު 2023 - 15:55 2
ވެރިކަމާ ހަވާލުވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ދުރު ވާހަކަތަކެއް ސަރުކާރުން މިއަދު ދައްކައިފި އެވެ.
ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައިސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ. އެއަށްފަހު މި ސަރުކާރުން ބާއްވާ ހުރިހާ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ޔާމީނު މިނިވަންކުރުމާ ގުޅޭ ސުވާލުތައް ދަނީ ކުރިމަތިވަމުންނެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މި ވެރިކަމުގައި ޔާމީނުގެ މައްޗަށް ހުކުމެއް ނީއްވާ ކަމަށާއި ޝަރުއީ ނިޒާމު މިނިވަންވި މިންވަރު ފެންނާނީ ހުކުމްތަކަށް ބެލުމުން ކަމަށެވެ.
"މާނައަކީ ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ" ޝަހީބު ވިދާޅުވި އެވެ.
ޝަހީބު މިމޭރުމުން ވާހަކަ ދެއްކެވި އިރު، ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އޮކްޓޯބަރު ދެވަނަ ދުވަހު ބޭއްވި ހަފުލާއެއްގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާ ހިސާބުން ޔާމީނު މިނިވަންވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ 17 ނޮވެމްބަރާ ހަމައަށް ދާއިރުގައި މިހާރު އޮތް ޕްރޮޮސެސްއިން އެމަނިކުފާނު މިނިވަން ނުވާ ކަމުގައި ވާނަމަ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުފޫޒު ފޯރުވާތީ، އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަށޭ، އެ ހިސާބުން އެމަނިކުފާނު މިނިވަން ވާނެ" އެ ރޭ ރައީސް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ޝަހީބު ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މިނިވަންކަން އިނގޭނީ ހުކުމެއް ކުރުމުން ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ. ނަމަވެސް، ޔާމީނުގެ ޝަރީއަތްތައް އަވަސްކޮށް، އޭރު ވިދާޅުވި 'ހަރާން ހުކުމް' ބާތިލްކުރައްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ދެ ރައީސުންގެ ގުޅުން ގޯސްވެ، ޔާމީނު އަލަށް އުފައްދަވާ ޕާޓީ ކަމަށްވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން އެމަނިކުފާނު ސޮއިކުރައްވި މައްސަލަވެސް މިހާރު ދަނީ ކަރެކްޝަންސްއިން ބަލަމުންނެވެ. ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ނުހިމެނެ އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ެެެެެެެެެެެެެެެެރރރރރރރރރރރރރރރރރރރރރރރރރރރރރރރރ
over 1 year ago
ރާއްޖޭގަ ތިބި ގަަމާރުން އެ ވާހަކަ އަޑުއެހިއަސް، އަހަރުން އެ ދުވަހުވެސް ްަބޫލުނުކުރަން. މުއުއްޒުވެސް އިންޑިޔާ ސިފައިންވެސް ނުފިނުވާނެ ބަލައްޗޭ. ވެރިއަކަށް ހުންނަ މީހާއަށް ހުރޭ ވަރަށް ޕްރެށަރު
ތަލަސް
over 1 year ago
ދޮން ބައްޕަ ކާރި ބުނޭ ސިހުރު ނުހަދާށޭ.. އޭނަ ހައްޔަރުކުރޭ... ބިރެއް
Comment