Advertisement

މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލު ކުރުން: މެންބަރު ޝިފާއު

18 ޑިސެންބަރު 2023 - 11:12 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު: ވިދާޅުވީ އަޒުލު ކުރުމުގެ މައްސަލަ ޕީޖީ ގްރޫޕަށް ފޮނުވާނެ ކަމަށް -- ފޮޓޯ: މަޖިލިސް


މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލު ކުރުން: މެންބަރު ޝިފާއު

18 ޑިސެންބަރު 2023 - 11:12 1

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ކުރަން އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އާއި ނައިބު ރައީސް އަޒުލު ކުރާނެ އުސޫލު ބަޔާން ކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކަށް ބަދަލު ގެންނަން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން، ޝިފާއު ވިދާޅުވީ މިހާރު އޮތް ސަރުކާރުގެ ގާނޫނީ ހުކޫމަތެއް ނެތް ކަމަށެވެ.

"ފާޅު ކުރަމުންދާ ހިޔާލުތަކާއެކު ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލުކުރުމުގެ މަސައްކަތްކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕީޖީއަށް އެ މައްސަލަ ހުށަހަޅާނަން،" ޝިފާއު ވިދާޅުވި އެވެ.

މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކޮށްފައި ހުރި އެއްވެސް ގާނޫނަކަށް މި ސަރުކާރުން ބަލަމުންނުދާ ކަމަށާއި ބަންގްލަދޭޝްގެ ލޭބަރުން ގެނައުން ހުއްދަކޮށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނިންމި ނިންމުންތައް އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"ގާނޫނު އަސާސީއަކީ އެ ބައެއްގެ ކުރިމަތީގައި އެއްވެސް ގަދަރެއް ނެތް އެއްޗެއް ކަމަށް ގަބޫލުކުރާ ބަޔަކަށް ވެރިކަން ހަވާލުކޮށްގެން އަޅުގަނޑުމެން ތިބެނީތޯއޭ ދިވެހި ފަހުރުވެރި ދިދަ މަޖިލީހުގެ މެމްބަރުންނާ ސުވާލުކުރާ މަންޒަރު އެބަ ފެނޭ. މިހާރުގެ ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަށަން ނުވޭތޯ ދިވެހި ދިދަ މުހާތަބު ކުރާތަން އެބަ ފެނޭ،" ޝިފާއު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝިފާއު ވިދާޅުވީ، ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިފަވެފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.