Advertisement

ދައުރުވަމުންދާ އާންމު މިންގަނޑާ ހިލާފު ވީޑިއޯއެއްގައި ފެންނަ ވަކީލަކަށް ފިޔަވަޅު އަޅަން ކުއްލި މައްސަލައެއް

18 ޑިސެންބަރު 2023 - 10:19 3

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ: ވީޑިއޯއިން ފެންނަ ދައުލަތުގެ ޕްރޮސެކިޔުޓަރަށް އަދަބު ދިނުމަށް ގޮވާލާފައިވޭ - ފޮޓޯ: މަޖިލިސް


ދައުރުވަމުންދާ އާންމު މިންގަނޑާ ހިލާފު ވީޑިއޯއެއްގައި ފެންނަ ވަކީލަކަށް ފިޔަވަޅު އަޅަން ކުއްލި މައްސަލައެއް

18 ޑިސެންބަރު 2023 - 10:19 3

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، އާންމު މިންގަނޑާ ހިލާފު ވީޑިއޯއެއްގައި ފެންނަ ކަމަށް ބުނާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލާފައި ވަނީ، އިސްލާމް ދީނާއި ރާއްޖޭގެ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ، ޝަރީއަތުން ކަނޑައަޅާފައިވާ އަދަބު ވީޑިއޯއިން ފެންނަ ފަރާތްތަކަށް ދިނުމަށެވެ.

ނަޝީދު ވިދާޅުވީ އެ ވީޑިއޯގައި ފެންނަނީ ދައުލަތުގެ "އިސް ވަކީލެއް" ކަމަށާއި އޭނާއަށް އެއްވެސް ތަފާތު ކުރުމެއް ނެތި އަދަބު ދޭންޖެހޭނެ ކަމަށެވެ.

މައްސަަލަ މަޖިލީހުން ބަލައިގަތުމަށް 18 މެމްބަރުން ވޯޓު ދިނެވެ. މައްސަލަ ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެ އެވެ.

މެމްބަރު ނަޝީދުގެ ކުއްލި މައްސަލާގައި ރާއްޖޭގައި ބަދުއަހުލާގީ އަމަލު އާންމުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކުގައި ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ އެއް ޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތަކަށް މަގުފަހި ކުރުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ފަދަ ކުށްތައް ސާބިތުވި މީހުންނަށް ލުއި އަދަބުތައް ދިނީ ކީއްވެގެން ކަން މިހާރު ސާފު ވާނެ،" ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް، ނަޝީދު މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް، އެ މައްސަލަ ހުށަހެޅި އިރު ބައެއް ކަންކަން ފުރިހަމަ ނުވާތީ، އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަލުން އެ މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެންގެވި އެވެ.