Advertisement

ޑައިވަރުންނަށް ހާއްސަ "ވާވޭ ވޮޗް އަލްޓިމޭޓް" މެކްސްކޮމްއިން

17 ޑިސެންބަރު 2023 - 19:01 0


ޑައިވަރުންނަށް ހާއްސަ "ވާވޭ ވޮޗް އަލްޓިމޭޓް" މެކްސްކޮމްއިން

17 ޑިސެންބަރު 2023 - 19:01 0

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ޗައިނާގެ ވާވޭއިން ޑައިވަރުންނަށް ހާއްސަކޮށް އުފެއްދި "ވާވޭ ވޮޗް އަލްޓިމޭޓް" މެކްސްކޮމް ޓެކްނޮލޮޖީސްއިން ވިއްކަން ފަށައިފި އެވެ.

މި ސްމާޓް ވޮޗަކީ 10 މީޓަރާ ހަމައަށް ވޯޓާޕްރޫފް އަދި 100 މީޓަރާ ހަމައަށް ވޯޓާ ރިސިސްޓަންޓް ގަޑިއެކެވެ. ވާވާގެ "ހާމަނީ އޯއެސް 3.0" އިން ރަންކުރާ މި ގަޑީގައި 3.5 އިންޗީގެ އެމޮލެޑް ސްކްރީނެއް ހުންނާނެ އެވެ. އަދި, ދެ ހަފުތާވަންދެން ބެޓަރީ ވެސް ހިފަހައްޓާނެ އެވެ.

އޭގެ އިތުރުން, އެކްސެލެރޯމީޓާ ސެންސަރަކާއި, ޖައިރޮސްކޯޕް ސެންސަރަކާއި, މެގްނެޓޯމީޓާ ސެންސަރަކާއި, އޮޕްޓިކަލް ހާޓް ރޭޓް ސެންސަރަކާއި, ބެރޯމީޓަ އަދި ފިނިހޫނުމިނާއި އަޑި ދެނެގެނެވޭނެ ސެންސަރުތައް ވަނީ ހިމަނާފަ އެވެ.

މި ގަޑި މެކްސްކޮމްއިން ވިއްކަނީ 12,500ރ. އަށެވެ.

އޭގެ އިތުރުން ވެސް "ވާވޭ ވޮޗް ޖީޓީ-4" ވެސް މެކްސްކޮމްއިން ވިއްކާނެ އެވެ. ދަގަނޑު ކަމަރަކާ އެކު އެ ގަޑި ވިއްކަނީ 5,500ރ. އަށެވެ. ލެދަރު ކަމަރެއް ނަމަ 4,100ރ. އަދި ރަބަރު ކަމަރެއް ނަމަ 4,100ރ. އެވެ.