17 ޑިސެންބަރު 2023 - 11:17 0
މުހައްމަދު ޖަމްޝަތު ވަހީދު
ގެސްޓް ހައުސް އެސޯސިއޭޝަންއަށް އަލަށް އައްޔަންކުރި ހިންގާ ކޮމިޓީއާއި އެކްސްކޯ މެމްބަރުން ---- ފޮޓޯ: އެންޖީއެޗްއޭއެމް
17 ޑިސެންބަރު 2023 - 11:17 0
ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޖީއެޗްއޭއެމް) ގެ ދެ ވަނަ ދައުރުގެ ރައީސްއަކަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އިއްޔެ އިންތިހާބުކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ އެންޖީއެޗްއޭއެމް އިން އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގަ އެވެ. މާގިރި ހޮޓަލުގައި ކުރިއަށްދިޔަ އެ ޖަލްސާގައި އަބްދުﷲ ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ޖަލްސާ އަށް ހާޒިރުވި 29 މެމްބަރުންގެ ތެރެއިން 27 މެމްބަރަކު ވޯޓުދިނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަމުން އަބްދުﷲ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި މަދަނީ ޖަމިއްޔާތައް ހަދާފައި ހުންނަ މައިގަނޑު ބޭނުމަކީ އެކި ސަރުކާރުތަކުން އިންޑަސްޓްރީއަށް ދަތިވާ ގޮތަށް އަޅާ ފިޔަވަޅުތަކަށް ހައްލު ގެނައުމަށް ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދައްކައިގެން ކަންކަމަށް ހައްލެއް ހޯދުން ކަމަށެވެ. އެއާއެކު ކުރިއަށް އޮތް ދައުރުގައި އެސޯސިއޭޝަނުން ކުރަން ރާވާފައިވާ ބައެއް ކަންތައްތައް މެމްބަރުންނާ ހިއްސާ ކުރެއްވި އެވެ.
އެގޮތުން އަބްދުﷲ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރު ގެސްޓް ހައުސްތައް މާކެޓް ކޮށްދިނުމަށް ގެސްޓްހައުސް ތަކުގެ ފޮޓޯ އާއި މައުލޫމާތް ހިމެނޭ މެގަޒިން އެއް ނެރެ ބޮޑެތި ފެއާތަކުގައި ބެހުމަށް ވަނީ ނިންމާފަ އެވެ.
އެއާއެކު އެންމެ ގިނައިން ގެސްޓް ހައުސް ހިންގާ ރަށްރަށައް އެސޯސިއޭޝަންގެ ޓީމެއް ޒިޔާރަތްކޮށް ގެސްޓްހައުސްތަކުގެ ވެރިންނާ ބައްދަލުކޮށް ކުރިއަށް ދާން ބޭނުންވާ މައުލޫމާތު ދިނުމުގެ ދަތުރުތަކެއް އަންނަ އަހަރު ފަށަން ވެސް ވަނީ ނިންމާފަ އެވެ.
އަންނަ އަހަރު ޔޫއެންޑީޕީ އާއި ޔޫއެސް އެއިޑް އަދި ޔޫރަޕިއަން ޔޫނިއަން ފަދަ ޖަމިއްޔާތަކާއި ގާތް ގުޅުމެއް ބާއްވައި ގެސްޓްހައުސްތަކަށް މާލީ އެހީ ހޯދުމަށް ވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީގެ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަން މި މަހުގެ ތެރޭ ހިމަނައި، ބޮޑެތި ފެއާތަކުގައި އެސޯސިއޭޝަންގެ ކައުންޓަރެއް ބަހައްޓަން ނިންމާފައިވާ ކަމަށާއި އަންނަ ޖެނުއަރީން ފެށިގެން އެސޯސިއޭޝަންގެ އޮފީހެއް މާލޭގައި ގާއިމު ކުރައްވާނެ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އިންތިހާބުގައި ހިންގާ ކޮމިޓީއަށް އިތުރު ފަސް މެންބަރުންނާއި އެކްސްކޯގެ އަށް 8 މެމްބަރުން ވަނީ އިންތިހާބުކޮށްފަ އެވެ.
ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި މެމްބަރުންނަކީ:
ރާއްޖޭގައި މިވަގުތު 923 ގެސްޓް ހައުސްއާއި 14 ހޮޓަލެއް އަންނަނީ ހިންގަމުންނެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ 17,062 އަށް އަރަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment