Advertisement

ކުވެއިތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

16 ޑިސެންބަރު 2023 - 18:22 0

އަވަހާރަވި އަމީރު ނަވާފް: އުމުރުން 86 އަހަރުގެ އަމީރަށް ނޮވެމްބަރު މަހުން ފެށިގެން ފަރުވާ ދެމުން ގެންދިޔައީ ހޮސްޕިޓަލުގައި -- ފޮޓޯ: އޭޕީ


ކުވެއިތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

16 ޑިސެންބަރު 2023 - 18:22 0

ކުވެއިތުގެ އަމީރު އައްޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހް މިއަދު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ސަރުކާރުން ނިންމައިފި އެވެ.

އަމީރު ނަވާފް، 86، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމަ ފާޅު ކުރުމުގެ ގޮތުން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރަނީ މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ޖުމުލަ ތިން ދުވަހަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށްް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި އަމީރަކީ، ކުވެއިތާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އަމީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަމީރަށް ފަރުވާ ކުރަމުންދިޔައީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

އަމީރު ނަވާފް ވެރިކަމަށް ވަޑައިގަތީ 2020 ވަނަ އަހަރު، އެއިރުގެ އަމީރު ސަބާހް އަލް އަހުމަދު އަލް ސަބާހު އަވަހާރަވުމާ ގުޅިގެންނެވެ.