16 ޑިސެންބަރު 2023 - 12:36 0
މުހައްމަދު ޖަމްޝަތު ވަހީދު
16 ޑިސެންބަރު 2023 - 12:36 0
ކޮތަޅަކަށް އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އޮފިޝަލަކު "އަދަދު" އަށް މިއަދު ވިދާޅުވި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު ވަނީ އިންޑިއާ އަށް އިއްޔެ ފޮނުވާލާފަ އެވެ.
ވިހެވުމަށް ފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވައި އެ ކުއްޖާ ފެނުނީ ޑިސެމްބަރު 3 ވަނަ ދުވަހު އެވެ. ދިގުރަށު ކައުންސިލުން ބުނިގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް ކަމަށެވެ.
ކޮތަޅަކަށް ލާފައި އޮއްވާ ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފަ އެވެ.
އެ މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފުރަން ގޮސް ހުރި ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަށް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެއީ ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.
Comment