Advertisement

ވިލާ މާޓް 5 އިން "ޝޮޕް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 ޑިސެންބަރު 2023 - 15:37 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ވިލާ މާޓް 5 އިން "ޝޮޕް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 ޑިސެންބަރު 2023 - 15:37 0

ވިލާ ޓްރޭޑިންގެ ދަށުން ހިންގަމުން އަންނަ ވިލާ މާޓް 5 ގައި "ޝޮޕް އެންޑް ވިން" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވިލާ މާޓް 5 އިން މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 15 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން 100ރ. އައްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. އަދި ކޫޕަން ލިބޭ ކަސްޓަމަރުންގެ މެދުގައި ނަގާލެވޭ ގުރުއަތުގެ ނަސީބުވެރި ފަރާތައް ވިލާ މާޓްގެ އެކްސްކްލޫސިވް ޕްރޮޑަކްޓްސް އެކުލެވޭ ހަދިޔާއެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ހަފްތާގެ ނަސީބުވެރިޔާ ހޮވާނީ އެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އެވެ.

ވިލާ މާޓު 5 އަކީ ވިލާ ޓްރޭޑިން ކުންފުނިން ދާދި ފަހުން ހުޅުވި އާ ފިހާރަ އެކެވެ. ކާސިންޖީ މަގުގައި ހުންނަ އެ ފިހާރައިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުރެ އެވެ.

އަދި ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބޭނެއެވެ. މި މާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓު.އެމްވީ ވެބްސައިޓުންނާއި އެޕުން އޯޑަރު ކޮއްލުމުން މާލެ އާއި ހުޅުމާލެ އަދި އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދެ އެވެ.

ވިލާ މާޓް ފިހާރަތަކަކީ ވިލާ ޓްރޭޑިން ގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. ވިލާ މާޓްގެ ފިހާރަަތައް މިހާރު މާލެ ސަރަހައްދުގައި ވަރަށް ހިނގައެވެ. މިގޮތުން އެ ކުންފުނީގެ ފަސް ފިހާރައެއް މާލޭގައި ހިންގަމުންދާއިރު، ހުޅުމާލެ ފޭސް ދޭއްގައިވެސް ބޮޑު ފިހާރައެއް އަންނަނީ ހިންގަމުންނެވެ.

އޭގެ އިތުރުން ވިލާ މާޓްއިން މިހާރު ވަނީ ވިޔަފާރީ ކުރުމަށް ފަސޭހަ ގޮތްތަކެއްވެސް ތައާރަފުކޮށްފަ އެވެ. މިގޮތުން ވިލާމާޓް ވެބްސައިޓް ނޫނީ އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލެވޭއިރު، އޮންލައިންކޮށް ޝޮޕިން ކޮށްލުމުގެ ހިދުމަތްވެސް ދެމުންގެންދާކަން ފާހަގަކޮށްލެވެ އެވެ.