Advertisement

ވިލާ މާޓުގެ "ވީކެންޑް އޮފާ" ތަޖުރިބާކޮށްފިން ތަ؟

18 ޑިސެންބަރު 2025 - 08:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ މާޓުގެ ފިހާރައެއް.


ވިލާ މާޓުގެ "ވީކެންޑް އޮފާ" ތަޖުރިބާކޮށްފިން ތަ؟

18 ޑިސެންބަރު 2025 - 08:31 0

ގޭބިސީތަކަށް އާންމުކޮށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކުން ޑިސްކައުންޓް ލިބޭ ގޮތަށް، "ވީކެންޑް އޮފާ" ނަމުގައި ވިލާ މާޓުން ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށްދާ ޕްރޮމޯޝަން ތަޖުރިބާކޮށްލައިފިން ހެއްޔެވެ؟

މި ޕްރޮމޯޝަން ކުރިއަށް ދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ އައިޓަމްތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

"މިކަން އަޅުގަނޑުމެން ކުރިއަށް ގެންދާތާ ދުވަސްކޮޅެއް ވެއްޖެ. ކޮންމެ ހަފުތާ ބަންދެއްގައި ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ،" ވިލާ މާޓުގެ އޮފިޝަލަކު ބުންޏެވެ.

އޮފާގައި ހިމެނޭ މައިގަނޑު ބާވަތްތައް

  • ކުކުޅު
  • ކަރީ ކަޓް ޗިކަން
  • ޗިކަން ބްރެސްޓް / ބޯންލެސް ޗިކަން
  • ގެރިމަސް (ބީފް)
  • ފިޔާ، އަލުވި، ލުނބޯ އަދި ކެރެޓް

ވިލާ މާޓުން ބުނި ގޮތުގައި މި އޮފާ ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިންގެ އާދަކާދައިގެ މަތިން ކޮންމެ ހުކުރު ދުވަހަކު ތައްޔާރުކުރާ ހާއްސަ މެންދުރު ކެއުމަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.


ހުކުރު ދުވަހުގެ ކެއުމަށް އާންމުކޮށް ތައްޔާރުކުރާ ބިރިޔާނީ، ކުކުޅު ރިހަ ނުވަތަ ފްރައިޑް ޗިކަން ފަދަ ތަކެތި ތައްޔާރުކުރުމަށް މި ބާވަތްތަކަކީ ކޮންމެހެން މުހިންމު ތަކެއްޗެވެ.

"ގިނަ ކަސްޓަމަރުން ހަފުތާ ބަންދާ ދިމާކޮށް ގޭތެރެއަށް ބޭނުންވާ ތަކެތި ގަނޭ. އަޅުގަނޑުމެން ބޭނުންވަނީ މި މުހިންމު ބާވަތްތައް އަގުހެޔޮކޮށް ފޯރުކޮށްދީ، އާއިލާތަކަށް ލުއި ގޮތެއް ހޯދައިދިނުން،" ވިލާ މާޓުގެ އޮފިޝަލް ބުންޏެވެ.