Advertisement

އޮންރީ ބޭނުންވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން

14 ޑިސެންބަރު 2023 - 12:48 0


އޮންރީ ބޭނުންވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން

14 ޑިސެންބަރު 2023 - 12:48 0

ޕެރިސް (ޑިސެމްބަރު 14) - ކީލިއަން އެމްބާޕޭ އަށް މި ވަގުތު އެންމެ ރަނގަޅުވާނީ ރެއާލް މެޑްރިޑަށް ނުގޮސް ޕީއެސްޖީގައި މަޑުކުރުން ކަމަށް ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ ބުނެފި އެވެ.

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަކީ ރެއާލް މެޑްރިޑުން މިދިޔަ ތިން ސީޒަނުގައިވެސް ބޭނުންވި ކުޅުންތެރިއެކެވެ. އޭނާ ހޯދުމަށް ރެއާލް އިން ކޮންމެ ޓްރާންސްފާއެއްގައި ވެސް މަސައްކަތް ކުރެ އެވެ.

އަންނަ މަހުގެ ޓްރާންސްފާގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އަޑުފެތުރިފައިވާއިރު، މިކަމާ ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ހިޔާލުތައްފާޅު ކުރަމުންނެވެ. އެ ގޮތުން ޕީއެސްޖީގެ ކުރީގެ ކުޅުންތެރިން، ރެއާލް މެޑްރިޑްގެ ތަރިންވެސް އަންނަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

އެމްބާޕޭއާ ގުޅޭގޮތުން އެންމެ ފަހުން ވާހަކަދެއްކީ ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ އެވެ. ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމްގެ ކޯޗު ބުނީ މި ވަގުތު އެމްބާޕޭ އަށް ރަނގަޅުވާނީ ޕީއެސްޖީގައި މަޑުކުރުން ކަމަށެވެ.

އޮންރީ ބުނީ ސީޒަންގެ މެދުތެރެއިން ކުލަބު ބަދަލުކުރުމަކީ އެހާ ރަނގަޅުކަމެއް ނޫން ކަމަށާއި، ސީޒަން ނިމެންދެން ފްރާންސްގައި އެމްބާޕޭ މަޑުކުރުން މުހިންމު ކަމަށެވެ.

"ސީޒަން ނިމެންދެން ހުންނަންޖެހޭ އެމްބާޕޭ. މި ސީޒަންގެ ފްރާންސް ލީގުވެސް އޭނާ ހޯދަން ޖެހޭ. މިއީ މުހިންމުކަމެއް." ފްރާންސްގެ ގައުމީ ޓީމްގެ ކުރީގެ ފޯވާޑް، އޮންރީ ބުންޏެވެ.

އޭނާ ބުނީ ޕްރިހަކީ އެމްބާޕޭގެ އަމިއްލަ ގެ ކަމަށާއި، ފްރާންސް ލީގުގައި އޭނާ ކުޅެމުން އަންނަނީ އުފަލުން ހުރެ ކަމަށެވެ.

އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހު ނިޔަލަށެވެ. ޕީއެސްޖީ އިން ޖެނުއަރީގައި އެމްބާޕޭ ވިއްކާ ނުލައިފިނަމަ، ޖޫން މަހު އޭނާ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.