Advertisement

ބައިނަލްއަގުވާމީ އެއްބާރުލުން ނެތަސް ހަނގުރާމަ ކުރިއަށް ގެންދާނަން: އިޒްރޭލު

14 ޑިސެންބަރު 2023 - 06:50 0

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ


ބައިނަލްއަގުވާމީ އެއްބާރުލުން ނެތަސް ހަނގުރާމަ ކުރިއަށް ގެންދާނަން: އިޒްރޭލު

14 ޑިސެންބަރު 2023 - 06:50 0

ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަމާ ނުލައިވެސް ހަމާސްއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އިޒްރޭލުން އަޒުމު ކަނޑައަޅައިފި އެވެ.

އިޒްރޭލުގެ ގަތުލްއާއްމު ހުއްޓާލުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގެ 153 ގައުމުގެ ތާއިދާއެކު ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރަން ފެންނަ ކަަމަށް 193 ގައުމުގެ ތެރެއިން 153 ގައުމަކުން ވޯޓު ދިންއިރު،. ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓު ދިނެވެ. އަދި 23 ގައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ.

އެ ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓު ދިން ނަމަވެސް، ކެމްޕޭނު އިވެންޓެއްގައި ރައީސް ޖޯ ބައިޑަން ވިދާޅުވީ މިފަހަރުގެ ހަނގުރާމައާ ގުޅިގެން އިޒްރޭލަށް އޮތް ތާއީދު ގެއްލެން ފަށާފައިވާ ކަމަށެވެ.

"އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ، ބައިނަލްއަގުވާމީ އެއްބާރުލުން ލިބުނަސް ނުލިބުނަސް ކުރިއަށް ގެންދާނަން،" އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާގެ ފާޑުކިޔުން ވެސް އަމާޒު ވެފައިވަނިކޮށް، އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލީ ކޯހެން ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ހަނގުރާމަ ހުއްޓައިލުމަކީ ހަމާސް އަށް ދެވޭ ހަދިޔާ އެކެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވިދާޅުވީ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ސާބިތުކަން މަތީ ދެމިތިބޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރު ކުރިޔަސް އެއްވެސް ކަމެއް ބަދަލު ނުކުރާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ހަމާސް ބަލިކޮށް ކާމިޔާބު ހޯދަން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމާގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އަދި ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުގެ 1200 މީހުން މަރުވެފައިވެ އެވެ.

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގައި 1،200 މީހުން މަރުވި ކަމަށް އޮފިޝަލުން ބުނެ އެވެ.

މި ހަނގުރާމައިގައި ގާޒާގެ 2.4 މިލިއަން އާބާދީގެ ތެރެއިން 1.9 މިލިއަން މީހުން ގެދޮރު ގެއްލި، ވަގުތީ ޓެންޓެއްގައި ދިރިއުޅެމުންދާ ކަމަށް އދ އިން ލަފާކުރެއެވެ. ހަމަލާތަކުގައި ގާޒާގެ މަގުތަކާއި އިމާރާތްތައް ވަނީ ސުންނާފަތިވެފަ އެވެ.