13 ޑިސެންބަރު 2023 - 11:26 0
ރައްޔާން މުހައްމަދު
13 ޑިސެންބަރު 2023 - 11:26 0
އެޕަލް އިން ހުރަސް އެޅި، އެންޑްރޮއިޑުން އައިފޯނަށް އައިމެސެޖުކުރެވޭ އެޕް، ބީޕާ މިނީގެ ހިދުމަތް އަލުން ފެށިފައިވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
މައްސަލަ ހައްލުކޮށް ހިދުމަތް އަލުން ފެށިފައިވާކަން ބީޕާ އިން އިއުލާންކޮށްފައިވަނީ ހޯމަ ދުވަހު ކޮށްފައިވާ ބްލޮގް ޕޯސްޓެއްގަ އެވެ. ނަމަވެސް ކުރިޔާ ހިލާފަށް، ހަމައެކަނި ފޯނު ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި އެޕަލް އައިޑީއަކުން ލޮގިންވާންޖެހޭނެކަމަށް ވެސް އެ ޕޯސްޓުގައި ވެ އެވެ.
އަދި ކުރިން ރެޖިސްޓާކޮށްފައިވާ ހުރިހާ ނަންބަރުތަކެއް "ޑީރަޖިސްޓާ" ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ. އެހެންކަމުން މިހާރު ބީޕާ އިން ފޮނުވާ މެސެޖުތައް ފޮނުވޭނީ އެޕަލްއައިޑީގެ އީމެއިލް މެދުވެރިކޮށެވެ.
ބީޕާ މިނީ ފުރަތަމަ ލޯންޗްކޮށްފައިވަނީ މަހަކު 1.99 ޑޮލަރުގެ ފީ އެއް ދައްކާގޮތަށެވެ. ނަމަވެސް އެޕަލްގެ ސަބަބުން ދިމާވި މައްސަލަތަކުގެ ސަބަބުން ސަބްސްކްރިޕްޝަންގެ ބަދަލުގައި އެޕް ހިލޭ ބޭނުންކުރެވޭ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ. ބީޕާ އިން ބުނެފައިވަނީ ހުރިހާކަމެއް ހަމައަކަށް އެޅުމުން އެނބުރި ސަބްސްކްރިޕްޝަން މޯޑަށް ބަދަލުކުރާނެ ކަމަށެވެ.
ދާދިފަހުން ލޯންޗް ކުރި ބީޕާ، އެޕަލް އިން ބްލޮކްކޮށްފައިވަނީ އެޕަލްގެ ޔޫޒަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް އެކުންފުނިން ވަނީ ބުނެފައި އެވެ. އަދި ސެކިއުރިޓީ ދަށް، "ފޭކު ކްރެޑެންޝަލްސް" ބޭނުންކުރާ ފަރާތްތައް ބްލޮކްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބީޕާގެ ބްލޮގް ގައި މިކަމަށް ވެސް ވަނީ ރައްދު ދީފަ އެވެ. އެގޮތުން ބީޕާ މިނީގެ ސެކުރިޓީ ދަށް ކަމަށް އެޕަލް އިން ބުނާ ބުނުން ވަނީ ދޮގުކޮށްފަ އެވެ. ބީޕާ މިނީއަކީ "އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް" ހިދުމަތެއްކަމަށާއި، އެޕަލް އިން އެދޭނަމަ ސެކިއުރިޓީ އެވެލުއޭޝަންގެ ސޯސް ކޯޑު ހިއްސާކުރަން ވެސް ތައްޔާރަށް އޮތްކަމަށް ބުނެފައި ވެ އެވެ.
Comment