Advertisement

އުރީދޫ އާއި މައިކްރޮސޮފްޓާ ގުޅިގެން ރާއްޖެއަށް "މޮޑާން ވޯކްޕްލޭސް" ތައާރަފުކޮށްފި

12 ޑިސެންބަރު 2023 - 09:46 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މައިކްރޯސޮފްޓް މޮޑާން ވޯކްޕްލޭސް ތައާރަފްކުރުމަށް އުރީދޫއިން މިއަދު ބޭއްވި ޕްރެސް ބްރީފިން --- ފޮޓޯ:އޫރިދޫ


އުރީދޫ އާއި މައިކްރޮސޮފްޓާ ގުޅިގެން ރާއްޖެއަށް "މޮޑާން ވޯކްޕްލޭސް" ތައާރަފުކޮށްފި

12 ޑިސެންބަރު 2023 - 09:46 0

މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މައިކްރޮސޮފްޓް "މޮޑާން ވޯކްޕްލޭސް" ސޮލިއުޝަންތައް މިއަދު ތައާރަފުކޮށްފި އެވެ.

މިއީ އުރީދޫ ގްރޫޕުން މައިކްރޮސޮފްޓް އާއެކު ހަދާފައިވާ ޕާޓްނަޝިޕްގެ ދަށުން ރާއްޖެއަށް ތައާރަފުކުރި ހިދުމަތެކެވެ.

އުރީދޫ މޯލްޑިވްސްއިން އިން ބުނިގޮތުގައި އެކުންފުނިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ގެ އޮފާ އަކީ ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި، މަސައްކަތްތައް ހަރަދު ކުޑަގޮތެއްގައި ސްޓްރީމްލައިން ކުރެވޭ އެންޓަޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސުއިޓެކެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މައިކްރޮސޮފްޓާއެކު އުރީދޫއިން ހަދާފައިވާ ޕާޓްނަޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކުރުމަށް އެކުންފުނިން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނަޝިޕެއް ކަމަށެވެ.

އަދި މި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ދަށުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ އުރީދޫގެ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އައު ފުރުސަތުތަކާއި ގުޅުވާލަދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އުރީދޫއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. އުރީދޫގެ މި އޮފާ އާ އެކު ބިޒްނަސް އީމެއިލް، ކޮލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެއެވެ.

އުރީދޫއިން ބުނީ މި ޕާޓްނަޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި، 24 ގަޑިއިރުގެ ސަޕޯޓް، ދިވެހި ބަހުން ލިބިގެންދާނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބިނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށާއި ކްލައުޑް މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.

މި ޕާޓްނާޝިޕާ އެކު އުރީދޫ މޯލްޑިވްސްގެ ސަބަބުން ލައިސަންސް ކޮމްޕްލަޔަންސް މައްސަލަތަކާއި އިންސްޓޯލްމަންޓާ މެދު ކަންބޮޑުވުން ފަދަ މައްސަލައެއް ނެތި މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ގެ ފައިދާތައް ލިބިގެންދެއެވެ.

އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ގެ ހިދުމަތްތައް ހޯދަން ބޭނުންވާ ވިޔަފާރިތަކުން މަންތްލީ ސަބްސްކްރިޕްޝަނެއް ނަގަންޖެހޭނެ އެވެ. ބޭނުންކުރާ ކޮންމެ ޔޫސާއަކަށް ޗާޖުކުރާ ގޮތައް ނަގަންޖެހޭ މި ސަބްސްކްރިޕްޝަން ހެޔޮ އަގެއްގައި ލިބިގެންދާއިރު ރުފިޔާއިންވެސް ޕޭމަންޓް ހެދޭނެ އެވެ.

ފައިސާ ދެއްކުމަށް ލޯކަލް ޕޭމަންޓް ގޭޓްވޭ ބޭނުންކުރާނަމަ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކުން ފަދަ ފައިދާތަކާއި އެކު އިތުރަށް ހަރަދު ކުޑަވެގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.