Advertisement

މުލިއާގެއިން ވަކިކުރި މުވައްޒަފު ބައްދަލުކުރެެއްވި ވާހަކަ ކުރީގެ ފަސްޓު ލޭޑީ ފަޒުނާ ދޮގުކުރައްވައިފި

10 ޑިސެންބަރު 2023 - 16:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒުނާ އަހުމަދު : މުލިއާގެއިން ވަކިކުރި މުވައްޒަފު ބައްދަލުކުރިކަން ކުރީގެ ފަސްޓު ލޭޑީ ފަޒުނާ ދޮގުކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މުލިއާގެއިން ވަކިކުރި މުވައްޒަފު ބައްދަލުކުރެެއްވި ވާހަކަ ކުރީގެ ފަސްޓު ލޭޑީ ފަޒުނާ ދޮގުކުރައްވައިފި

10 ޑިސެންބަރު 2023 - 16:39 0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުއާ ބައްދަލުކުރާކަމުގެ ތުހުމަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅުން ވަކިކުރި މުވައްޒަފު އޭނާ އާ ބައްދަލުނުކުރައްވާ ކަމަށް ފަޒުނާ ވިދާޅުވެއްޖެ އެވެ.

އެ ތުހުމަތުތައް ދޮގުރައްވައި ރަސްމީ ފޭސްބުކު އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުލީއާގޭގެ ވަޒީފާއިން ކަނޑައިލި އެ އަންހެން މީހާ ނޮވެމްބަރު 17 އިން ފެށިގެން އޭނާ އާ ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.

އެ މުވައްޒަފު ވަކިކުރުމާ ގުޅޭ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އެ އަންހެން މީހާ ގަވާއިދުން ފަޒުނާއާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރާކަން އެނގިފައިވާ ކަމަށެވެ.

"އޭނާއަކީ 2019 ވަނަ އަހަރު ވަޒީފާއަށް ދިން މީހެއް. އޭނާ ގަވާއިދުން ފަޒުނާއާ ބައްދަލުކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. މައުލޫމާތު ގެންދާ ކަމަށް ވަނީ އެނގިފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ކަހަލަ މައުލޫމާތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ވަޒީފާއިން ވަކިކުރި ފަރާތަކީ ނަޒާހާތްތެރިއެއް، އޭނާގެ ވަޒީފާއާ ގުޅޭ މައުލޫމާތު އަޅުގަނޑަށް އަދި އޭނާގެ އަމިއްލަ އާއިލާއަށްވެސް ހިއްސާނުކުރާނެ، ބަޔަކު ވަޒީފާއިން ކަނޑާލަން ބޭނުންނަމަ އެކަން ކުރައްވީ އެކަމަކު އެމީހުންގެ އަގު ވައްޓާނުލާ." ރައްދުގައި ފަޒުނާ ލިޔުއްވާފައިވެ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ މުވައްޒަފުން ވަކިކުރުމުގެ ކަންކަން ހިނގާނީ އުސޫލާ އެއްގޮތަށް ކަމަށާއި "ސަރުކާރު ބަދަލުވެގެން ވަކި އާކަމެއް ނުހިނގާ" ކަމަށެވެ.

"އެޕޮއިންޓްކޮށްފައި ތިބޭ މުއައްޒަފުން ވަކިވުމާއި އޮނިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަޒީފާއިން ވަކިވުމާއި ނުވަތަ ވަޒީފާ އުނިކޮށްލުމާއި ކޮންޓްރެކް މުއައްޒަފުންގެ، ކޮންޓްރެކް މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އާކުރުމާއި ނުކުރުމާއި އަދި ކޮންޓެކްޓް ހަމަނުވަނީސް އަމިއްލައަށް ވަކިވުމާއި އަދި ކޮންޓްރެކްޓާއި ހިލާފުވެގެން ވަކިކުރުމަކީ އަބަދުވެސް ހިނގަހިނގައި ހުންނަ ކަންކަން،" ހަލީލު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާނީ އެކޮޅުގައި އިތުރުކުރާ ދެ ކޮޓަރީގެ މަސައްކަތާއި މަރާމާތުގެ މަސައްކަތް ނިމުމަށް ފަހު އެވެ. އެ މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް، ސާޖިދާ ރަސްމީގޮތުން ބައެއް ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް އެ ގެކޮޅުގައި ބާއްވަ އެވެ.