Advertisement

މިނިސްޓްރީން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށް ނިންމައި ގޯތި ދޭން ހުކުމް ކޮށްފި

10 ޑިސެންބަރު 2023 - 13:26 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދަނީ. ފުރަތަމަ ބުރުގައި 9,000 އަށްވުރެ ގިނަ ގޯތި ދޫކުރާނެ --- ފޮޓޯ: އަދަދު ފައިލް


މިނިސްޓްރީން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށް ނިންމައި ގޯތި ދޭން ހުކުމް ކޮށްފި

10 ޑިސެންބަރު 2023 - 13:26 1

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ލިޔެކިޔުންތަކާ އެކު ފޯމު ހުށަހެޅުމުން މީހެއްގެ ޝަރުތު ހަމަނުވާ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށާއި އެ މީހާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި އޭނާއަށް ގޯތި ދިނުމުގެ ކަންކަން ކުރިއަށްގެންދަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ކ. މާލެ, ދަފްތަރު ނަންބަރު: 234, ފާތިމަތު އަހްމަދުގެ ފަރާތުން އެ ކޯޓަށް އޮކްޓޯބަރު 23, ގައި ހުށަހެޅި މައްސަލައެކެވެ. އެގޮތުން, އެ މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާނު ކުރި ވަގުތީ ލިސްޓުގައި އޭނާގެ ނަން ހިމަނާފައި ނުވާއިރު އެކަމާ ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އޭނާ އެ މިނިސްޓްރީއަށް ފޯރުކޮށްދީފައިވެ އެވެ.

އޭނާގެ މާލޭގެ ރަށްވެހިންގެ ރެޖިސްޓްރީ އާއި އުފަން ދުވަހުގެ ސެޓިފިކެޓު ހުށަހެޅުމުން ވެސް މިނިސްޓްރީގެ ނިންމުން ބާތިލުވާނެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ސިވިލްކޯޓުގެ ހުކުމުގައި ވެ އެވެ. ހުކުމުގައިވާ ގޮތުން ދާއިމީ ލިސްޓުގައި ވެސް އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ހައުސިްނ މިނިސްޓްރީން އޮތީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން އޭނާ ސިވިލް ކޯޓުގައި ދައުވާ ކުރީ އޭނާގެ އައިޑެންޓިޓީ ސައްހަ ކުރުމަށާއި, މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ގެއްލިގެންދާ ހައްގުތައް ހޯދައިދިނުމަށް އެދި އެވެ.

ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް އިއްޔެ (ޑިސެމްބަރު 10, ގައި) ކުރެއްވި ހުކުމުގައި ވަނީ ފާތިމަތު އަހްމަދުއަކީ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި, އެހެން މީހުންނަށް ގޯތި ހަވާލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން އޭނާއަށް ވެސް ގޯތި ދިނުމުގެ ކަންކަން ހަމަޖައްސައިދިނުމަށެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އޮންނާނެ އެވެ.