Advertisement

މުލިއާގޭގެ މުވައްޒަފަކު ކުރީގެ ފަސްޓު ލޭޑީ ފަޒުނާއާ ބައްދަލުކުރާތީ ވަޒީފާއިން ވަކިކޮށްފި

10 ޑިސެންބަރު 2023 - 05:12 7

އަހުމަދު އާއިދު

އ

Advertisement

މުލިއާގެ


މުލިއާގޭގެ މުވައްޒަފަކު ކުރީގެ ފަސްޓު ލޭޑީ ފަޒުނާއާ ބައްދަލުކުރާތީ ވަޒީފާއިން ވަކިކޮށްފި

10 ޑިސެންބަރު 2023 - 05:12 7

Advertisement

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅުގެ މުވައްޒަފަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުއާ ބައްދަލުކުރާކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށްފި އެވެ.

އެ މުވައްޒަފު ވަކިކުރުމާ ގުޅޭ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ އެ އަންހެން މީހާ ގަވާއިދުން ފަޒުނާއާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރާކަން އެނގިފައިވާ ކަމަށެވެ.

Advertisement

"އޭނާއަކީ 2019 ވަނަ އަހަރު ވަޒީފާއަށް ދިން މީހެއް. އޭނާ ގަވާއިދުން ފަޒުނާއާ ބައްދަލުކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. މައުލޫމާތު ގެންދާ ކަމަށް ވަނީ އެނގިފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ކަހަލަ މައުލޫމާތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިތުރު ދެ މުވައްޒަފަކު ވަކިކުރަން ނިންމާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

Advertisement

އެ މުވައްޒަފުން ވަކިކުރުމާ ގުޅިގެން ފަޒުނާ ވަނީ ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފަޒުނާ ވިދާޅުވީ ތިން މުވައްޒަފަކު ކަނޑާލާފައިވާ ކަމަށާއި އެއީ ފިރިހެނަކާއި ދެ އަންހެނުން ކަމަށެވެ. ވަކިކުރީ ކައްކާއަކާއި ބަދިގޭގައި މަސައްކަތްކުރާ މީހެއްގެ އިތުރުން ހައުސްކީޕިން އިންޗާޖު ކަމަށް ފަޒުނާ ވިދާޅުވި އެވެ.

"ވަޒީފާއިން ކަނޑާލި އެއް އަންހެނަކީ ކޮންމެ މަހަކު ޓްރާންސްފިއުޝަން ހަދަންޖެހޭ (ލޭއަޅަންޖެހޭ) ތެލަސީމިއާ ކުއްޖެއްގެ މަންމަ. އެއީ ސިޔާސީ މުވައްޒަފެއް ނޫން،" ފަޒުނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ މުވައްޒަފުން ވަކިކުރުމުގެ ކަންކަން ހިނގާނީ އުސޫލާ އެއްގޮތަށް ކަމަށާއި "ސަރުކާރު ބަދަލުވެގެން ވަކި އާކަމެއް ނުހިނގާ" ކަމަށެވެ.

"އެޕޮއިންޓްކޮށްފައި ތިބޭ މުއައްޒަފުން ވަކިވުމާއި އޮނިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަޒީފާއިން ވަކިވުމާއި ނުވަތަ ވަޒީފާ އުނިކޮށްލުމާއި ކޮންޓްރެކް މުއައްޒަފުންގެ، ކޮންޓްރެކް މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އާކުރުމާއި ނުކުރުމާއި އަދި ކޮންޓެކްޓް ހަމަނުވަނީސް އަމިއްލައަށް ވަކިވުމާއި އަދި ކޮންޓްރެކްޓާއި ހިލާފުވެގެން ވަކިކުރުމަކީ އަބަދުވެސް ހިނގަހިނގައި ހުންނަ ކަންކަން،" ހަލީލު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާނީ އެކޮޅުގައި އިތުރުކުރާ ދެ ކޮޓަރީގެ މަސައްކަތާއި މަރާމާތުގެ މަސައްކަތް ނިމުމަށް ފަހު އެވެ. އެ މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް، ސާޖިދާ ރަސްމީގޮތުން ބައެއް ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް އެ ގެކޮޅުގައި ބާއްވަ އެވެ.

Advertisement

17.65%

0.00%

64.71%

17.65%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވަހީދުބެ

over 1 year ago

ޜައީސްގެ ރަސްމީގޭގައި ވަޒީފާއަދާކުރާ މީހަކު ކުރީގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކޮށް، މިހާރު އެތާނގައި ކަންހިނގާގޮތާބެހޭގޮތުން ދައްކަންޖެހޭ ވާހަކައެއް އޮންނަންޖެހޭތަ.

ބާގީ ފަޒުނާ

over 1 year ago

އެއީ ދޮގެއް، އަޅުގަނޑާ އިބޫގެ އެނދު އެއްދުވަސް ވަރަކު މީހަަކު އެޅިއޭ ކިޔާފަ އަޅުގަނޑު އެ މީހަކާ ދާއިމަށް ބައްދަލު ކުރާކަށް ނުޖެހޭ. ބިލީވް މީ ގާއިޒް

ލަކުޑިކަޅޭ

over 1 year ago

ކޮންމެހެންނުޖެހެޔޭ ފަޒްނާޔާބައްދަލުކުރާކައް ރަނގަޅައްވިއްޔާ ތިޔަމީހަކީ އިންޓެލްމީހަކައްވެދާނެ އަވަހައްފޮނުވާ ސޯލިހުކައިރިޔައް އެއްލާފަބިސްގަނޑުއަޅަން

ވެބްކެމް ހަލީލް

over 1 year ago

ހަލީލް ދައްކާ ވާހަކަޔަކާ ހުރިހާ ކަމެއް އިގޭ ސަރުކާރު އޮޮދިޝަލުގެ ވާހަކައާ ދިމަލެއް ނުވޭ.

މޭން

over 1 year ago

ކަލޯ ދޮގު ހަބަރު ލިޔާނެ ކަމެއްނެތް ފަހު ދުވަސް އެބައޮތް

ީބރަހިމ ޢަހެެދ

over 1 year ago

ފަހުދުވަސް ގަބޫލު ކުރާބައިގެ މީހެއްބާ


ބެއްޔާބެގެ ދަރި

over 1 year ago

ބައްލަވާ ޚަލީލް. ކުރީގެ ސަރުކާރުން ވެސް ދެއްކީ ހަމަ ތިޔަ ވާހަކަ. މީހަކު ވަކިކޮށްފިޔޭ ކިޔާފައި ޑރ. މުއިއްޒުގެ ޓީމުން އޭރު ހަމަ އެއްޗެކޭ ބުނާ އިރު އެ މީހުން ވެސް ގޮވީ ހަމަ މިހާރު ޚަލީލް ވެސް ތިޔަ ގޮވާ ގޮވެލި ފަތި. ޖެހޭތާ މިޖެހެނީ