Advertisement

އެފްރިކާގައި ތަހުލީލު ކުރަމުންދިޔަ އެޗްއައިވީ ވެކްސިން ޖެހުން ހުއްޓާލައިފި

8 ޑިސެންބަރު 2023 - 06:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެފްރިކާގައި ތަހުލީލު ކުރަމުންދިޔަ އެޗްއައިވީ ވެކްސިން ޖެހުން ހުއްޓާލައިފި

8 ޑިސެންބަރު 2023 - 06:21 0

އެފްރިކާގެ ބައެއް ގައުމުތަކުގައި ޖަހަމުންދިޔަ އެޗްއައިވީގެ ތަހުލީލީ ވެކްސިނުން އެ ބަލިން ރައްކާތެރި ނުކޮށްދޭނެކަން ޕްލިމިނަރީ ނަތީޖާއިން ދެއްކުމުން އެ ވެކްސިން ޖެހުން އެއްކޮށް ހުއްޓާލައިފި އެވެ.

އެ ވެކްސިން ޖަހަން ފަށާފައި ވަނީ 2020 ގަ އެވެ. އަންނަ އަހަރު ޖަހައި ނިންމުމަށް އަމާޒު ހިފައިގެން ހިންގަމުންދިޔަ އެ ތަހުލީލީ މަޝްރޫއުގައި 1512 މީހުންގެ ގަޔަށް ވެކްސިން ޖަހަން ނިންމާފައިވެ އެވެ. ތަހުލީލު ކުރުމަށް ވެކްސިން ޖަހާ ގިނަ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނާއި ހަށި ވިއްކާ މީހުންގެ އިތުރުން މަސްވެރިންނެވެ.

މިހައިތަނަށް ވެކްސިނެއް ހޯދިފައި ނުވާ އެޗްއައިވީ ބަލީގައި 40 މިލިއަން މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. މިވަގުތު ވެސް އެ ބަލި ޖެހިފައިވާ 39 މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ. އޭގެތެރެއިން ބޮޑު އިންސައްތައެއް ނިސްބަތް ވަނީ އެފްރިކާގެ ގައުމުތަކަށެވެ.

ނާކާމިޔާބުވެގެން ޖެހުން ހުއްޓާލި ވެކްސިންގެ އިތުރުން އެފްރިކާގެ ރިސާޗަރުން މިހާރުވެސް ގެންދަނީ އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ބޭހެއް ވެސް ޓެސްޓު ކުރަމުންނެވެ.

މީގެ ކުރިން 2020 ގައި ވެސް ސައުތު އެފްރިކާގައި 5000 މީހުންނަށް ދިން އެޗްއައިވީ ވެކްސިނެއްގެ ނަތީޖާ ނުފެނި ނާކާމިޔާބުވެފައިވެ އެވެ.