Advertisement

އެފްއެސްއެމްގެ ޑީއެމްޑީ އަކަށް ޝުއާއުﷲ

5 ޑިސެންބަރު 2023 - 12:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޝުއާއުﷲ ސައީދު ރައީސް މުއިއްޒު އަރިހުގައި


އެފްއެސްއެމްގެ ޑީއެމްޑީ އަކަށް ޝުއާއުﷲ

5 ޑިސެންބަރު 2023 - 12:21 0

ފިއުލް ސަޕްލައި މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް, ކުރިން ޗެނެލް 13ގެ މަޑިސީލަ ޕްރޮގުރާމު ހުށަހަޅައިދިން ޝުއާއުﷲ ސައީދު ހަމަޖައްސަވައިފި އެވެ.

ޝުއާއުﷲ ސައީދު އެ މަގާމު ހަމަޖެއްސުމުން އެފްއެސްއެމުން ވަނީ އޭނާއަށް މަރުހަބާ ކިޔައި އެކްސްގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ޝުއާއުﷲ ވަނީ މިފްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން 2013 ވަނަ އަހަރުން 2014 އަށް އޭނާ އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުކަން ކުރެއްވި އެވެ. އޭގެ ފަހުން 2017 ވަނަ އަހަރާ ހަމައަށް ޝުއާއުﷲ ހުންނެވީ އެ ކުންފުނީގެ ވޯކިން ޑައިރެކްޓަރެއްގެ މަގާމުގަ އެވެ.

ޝުއާއުﷲ އަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޕީއެންސީ/ޕީޕީއެމް އިދިކޮޅުގައި އޮތްއިރު، ޓީވީ ޕްރޮގުރާމުތައް މެދުވެރިކޮށް ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ހިންގި ކެމްޕޭނުތަކާއި އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމުތައް ވެސް އޭނާ ހުށަހަޅައިދީފައިވެ އެވެ.