Advertisement

އެއްލާލި ކުއްޖާގެ މައްސަލަ: ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

4 ޑިސެންބަރު 2023 - 17:42 0

ނިމާ ހަސަން

ނިމާ ހަސަން

ދިގުރަށު ބަނދަރުމަތި; ކޮތަޅަކަށް ލާފައި ކުއްޖަކު އެއްލާލި މައްސަލާގައި ހައްޔަރުކުރި މީހާ ޝާރީއަތް ނިމެންދެން ބަންދުކޮށްފި -- ފައިލް ފޮޓޯ: މިރާޝް/ އަދަދު


އެއްލާލި ކުއްޖާގެ މައްސަލަ: ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

4 ޑިސެންބަރު 2023 - 17:42 0

އދ. ދިގުރަށުގައި މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރީ މިއަދެވެ.

މަރާލުމަށް ފަހު ކޮތަޅަކަށް ލައި އެ ރަށު ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލާގައި ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ބިދޭސީ އަންހެނެކެވެ. އޭއީ ކުއްޖާގެ މަންމަ ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް, އޭގެ އިރުކޮޅެއް ފަހުން ފުލުހުން ބުނީ ހައްޔަރުކުރީ ކުއްޖާގެ މަންމަ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށެވެ.

އިއްޔެ ހެނދުނު ދިގުރަށު ކުނި ގޮނޑަށް, ކޮތަޅަކަށް ލާފައި އޮއްވާ ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފަ އެވެ.

ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން "އަދަދު" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށެވެ. އަދި, މިހާރު އެތަން ބަންދުކޮށްގެން ފުލުހުން ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

އެ ރަށުގެ ކުނިގޮނޑު ހުންނަނީ މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގަ އެވެ.