Advertisement

ކޯރަމް ހަމަނުވެގެން ކުންފުނީގެ ބިލު ފާސް ކުރުމަށް ވޯޓަށް ނޭހުނު

4 ޑިސެންބަރު 2023 - 13:07 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ބިލު ފާސްކުރުމަށް 44 މެމްބަރުން ތިބެން ޖެހޭއިރު ތަޅުމުގައި ތިބީ 30 މެމްބަރުން - ފައިލް ފޮޓޯ


ކޯރަމް ހަމަނުވެގެން ކުންފުނީގެ ބިލު ފާސް ކުރުމަށް ވޯޓަށް ނޭހުނު

4 ޑިސެންބަރު 2023 - 13:07 0

ކުންފުނީގެ ބިލު ފާސްކުރުމަށް ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެންބަރުން ނެތުމުން ވޯޓަށް އެހުން މާދަމާއަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކުންފުނީގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، ވޯޓަށް އެހުމަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ރ. ގައި ބުނެފައިވާ ގޮތުން 44 މެމްބަރުންގެ ކޯރަމެއް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ވޯޓަށް އެހި ވަގުތު މަޖިލީހުގައި ތިއްބެވީ 30 މެމްބަރުންނެވެ.

އެހެންވެ، އެ ވޯޓު މާދަމާ ނަގާނެ ކަމަށް އިއުލާން ކުރައްވައި، މިއަދުގެ ޖަލްސާ އަސްލަމް ނިންމަވައި ލެއްވި އެވެ.

ކުންފުނީގެ ބިލަކީ ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި ރަޖިސްޓަރީކުރުމާއި ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެނޫންވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ބިލެކެވެ. މި ބިލުގައި ޖުމުލަ 18 ބާބު އަދި 248 މާއްދާ ހިމެނެ އެވެ.

މަޖިލީހުގެ މެންބަރުން ހާޒިރީ އަބަދުވެސް ދަށްކަން ފާހަގަ ކުރެވެ އެވެ. އެ މައްސަލަ ބޮޑުވެ، ހާޒިރީއާ ގުޅުވައި މެމްބަރުންގެ މުސާރައިން ވެސް މިހާރު އަންނަނީ ކަނޑަމުންނެވެ. އެހެން ނަމަވެސް، މެންބަރުންގެ މުސާރައިން ކަނޑަނީ ކޮންމެ މަހެއްގައި ވެސް ވަކި ވަރަކަށް ވުރެ ހާޒިރީ ދަށް ވުމުންނެވެ.