Advertisement

ބޯޓިން އެވޯޑްސްގެ އެންމެ މޮޅު ބޯޓް ބިލްޑާސް އެވޯޑު އަލްޝާލީ މެރިންއަށް

4 ޑިސެންބަރު 2023 - 12:15 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ބޯޓިން އެވޯޑްސް ހަފްލާ، އަލްޝާލީ އަށް ވަނީ އެންމެ މޮޅު ބޯޓް ބިލްޑާސް އެވޯޑާއި 15-45 މީޓަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑް ލިބިފައި ---- ފޮޓޯ:އަލްޝާލީ


ބޯޓިން އެވޯޑްސްގެ އެންމެ މޮޅު ބޯޓް ބިލްޑާސް އެވޯޑު އަލްޝާލީ މެރިންއަށް

4 ޑިސެންބަރު 2023 - 12:15 0

މި އަހަރުގެ ނޭޝަނަލް ބޯޓިން އެވޯޑްސްގެ ޝަރަފުވެރި ދެ އެވޯޑެއް އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އަށް ލިބިއްޖެ އެވެ.

ބޯޓިން އެވޯޑްސް އަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މެރިން އިންޑަސްޓްރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ދާއިރާ ކުރިއެރުވުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ދޭ އެވޯޑެކެވެ.

މިދިޔަ އަންގާރަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ބޯޓިން އެވޯޑްސް ހަފްލާގައި އަލްޝާލީ އަށް ލިބިފައިވަނީ އެންމެ މޮޅު ލިވްއެބޯޑް ނުވަތަ ޔޮޓް ބިލްޑާސް އެވޯޑާއި 15-45 މީޓަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑެވެ. އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފައިވަނީ އަލްޝާލީގެ "އައިލެންޑް ހޮޕާ 50" އަށެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް އަލްޝާލީން ވަނީ ބޯޓިން އެވޯޑްސްގެ ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހޯދާފައެވެ. މި އަހަރުގެ އެވޯޑުގައިވެސް ގިނަ ކެޓަގަރީތަކަށް އެ ކުންފުނި ވަނީ ނޮމިނޭޓް ވެފަ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ދެމެދު އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އަލްޝާލީގެ މައި ކުންފުނީގެ މަސައްކަތްތައް 1979 ގައި ފެށިއިރު މެދުއިރުމަތީގައި އެ ކުންފުންޏަކީ ފައިބާގްލާސް ބޯޓާއި ޔޮޓު އުފެއްދުމުގައި ނަން ހިނގާ ކުންފުންޏެކެވެ.